ފެން ފުޅި ލިބުން ދަތިވެ، ފިހާރަތަކުން މިލިޓު ކޮށްގެން ފެން ވިއްކަނީ!

ފިހާރަތަކަށް ފެން ފޯރުކޯށްދިނުމުގައި ލަސްވަމުންދާތީ ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެން ވިއްކުން ފިހާރަ ތަކުން ކޮންޓްރޯލް ކޮށްފި އެވެ. އާންމުކޮށް ފިހާރަ ތަކުގައި ވިއްކާ ތާޒާ ފެނާއި ބޮނަކުއާ އަދި ލައިފ...

02 May 2017 | 08:12

ފިހާރަތަކަށް ފެން ފޯރުކޯށްދިނުމުގައި ލަސްވަމުންދާތީ ފުޅީގައި ބަންދުކޮށްގެން ވިއްކާ ފެން ވިއްކުން ފިހާރަ ތަކުން ކޮންޓްރޯލް ކޮށްފި އެވެ.

އާންމުކޮށް ފިހާރަ ތަކުގައި ވިއްކާ ތާޒާ ފެނާއި ބޮނަކުއާ އަދި ލައިފް ފެން ލިބުމުގައިވެސް މިހާރު ދަތިތަކާ ވަނީ ކުރިމަތިވެފައި އެވެ. މި ދުވަސް ވަރަކީ ކޮންމެ އަހަރެއްގެ އެންމެ ހޫނު ގަދަ ދުވަސްވަރަށް ވާތީ ބޯފެން ނުލިބުމުގެ ސަބަބުން އާންމުންގެ ޝަކުވާތަށް ވަނީ އިތުރުވެފައި އެވެ.

ދުވަހާއި މައުލޫމާތު ހިއްސާ ކުރި ބައެއް ވިޔަފާރިވެރިން ބުނީ މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެން ލިބުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. ބައެއް ވިޔަފާރިވެރިން ބުނީ ބައެއް ދުވަސް ދުވަހު ކުންފުނިތަކުން އޯޑަރު ނަގާ ކަމަށާއި އެކަމަކު ޑެލިވަރީ ކޮށްދިނުން ލަސްވަމުން ގޮސް ނުގެންގޮސްދޭ ކަމަށެވެ.

މާލޭގައި ފެން ލިބުމުގައި އާންމުން ދަތިތަކާއި ކުރިމަތިލަން ޖެހިފައިވާއިރު ފެން އުފެއްދުމުގައި ނުވަތަ އެނޫން މައްސަލައެއް އުޅޭކަމެއް ފެން އުފައްދާ ކުންފުނިތަކުން ހާމަކޮށްފައެއް ނުވެ އެވެ.

ލައިފް ފެން އުފައްދާ ހެޕީ މާކެޓްގެ ޖެނެރަލް މެނޭޖަރު އަލީ އިހުސާން މީޑިއާގައި ވިދާޅުވެފައިވަނީ އެ ކުންފުނީގެ ފެން އުފައްދާ މެޝިނަކަށް މައްސަލައެއް ދިމާވެ ފެން އުފެއްދުން ކޮންމެސް ވަރަކަށް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. ތާޒާ ފެން އުފައްދާ އެމްޑަބްލިއުއެސްސީން ބުނީ އެ ކުންފުނިން އާންމުކޮށް ފެން އުފައްދާ ވަރަށް ވުރެ އިތުރަށް މިހާރު ފެން އުފައްދަމުންދާ ކަމަށެވެ.

ފެން ލިބުން ދަތިވެފައިވައިރު ސްޓެލްކޯއިން ވެސް ވަނީ މިހާރު ފެން ބަންދުކޮSqގެން ވިއްކަން ފަށާފައި އެވެ.

މާލޭގައި ފެން ލިބުން ދަތިވުމަކީ ދޭތެރެ ދޭތެރެއިން ވާ ކަމެކެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް