ކައިވެނީގެ ހަފްލާއަށް 200 މެހެމާނުން ގެންދިއުމުން ޗައިނާގެ ފިރިހެނަކު ހައްޔަރު ކޮށްފި އެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އާއިލާ އާއި ރައްޓެހިންގެ ނަމުގައި ކައިވެނީގެ ހަފްލާއަށް ކުއްޔަށް މަސައްކަތް ކުރާ އެކްޓަރުން ގެނައި ކަމުގެ ތުހުމަތުގަ އެވެ.
ފިރިހެން މީހާ ދައުވަތު އަރުވައިން އައި މެހެމާނުންނަކީ އޭނާގެ އާއިލާ ނުވަތަ ރައްޓެހިން ނޫންކަން އަންހެން ކުއްޖާގެ އާއިލާ އަށް ޝައްކުވާން ފެށީ އެމީހުން އޭނާ އާއި ދިމާވި ގޮތް ކިޔައިދޭން ފަސްޖެހޭތީކަމަށް ވެއެވެ.
ހަފްލާ ފެށިއިރުވެސް ފިރިހެން މީހާގެ މައިންބަފައިން ނައުމުން އޭނާ އާއި އެ ސުވާލު ކުރި ކަމުގައި ވިޔަސް އޭނާ އެއަށް ޖަވާބު ނުދޭ ކަމަށާއި އެތަނަށް އައި މެހެމާނުން ފިރހެންމީހާ އެމީހުންގެ ތެރެއިން ކޮންމެ މީހަކަށް 80 ޔޫއާން ދިން ކަމަށް ޗައިނާގެ ޓީވީ އަކަށް މަޢުލޫމާތު ދެމުން އަންހެން ކުއްޖާގެ އާއިލާ އިން ވަނީ ބުނެފަ އެވެ.
އަދި އިތުރަށް އެ އާއިލާއިން ހާމަކުރި ގޮތުގައި އާއިލާ އާއި ރައްޓެހިންގެ ނަމުގައި އެ ހަފްލާއަށް ފިރިހެން މީހާގެ ފަރާތުން ގޮސްފައިވަނީ ޓެކްސީ ޑްރައިވަރުންނާއި ދަރިވަރުންތައް ކަމަށެވެ.
ބީބީސީ އިން ހާމަކުރި ގޮތުގައި މި ފިރިހެން މީހާ އަކީ ފަގީރު މީހެއް ކަމުން އަންހެން ކުއްޖާގެ އާއިލާއިން އޭނާ ޤަބޫލު ނުކޮށްފާނެކަމަށް އޭނާ މި ފިޔަވަޅު އެޅީ ކަމަށާއި އޭނާ މައިންބަފައިންނަށް ދައުވަތު ނޭރުވީ ލަދުން ސަލާމަތް ވާން ކަމަށްވެސް ވެއެވެ.
މި ދެމަފިރިން ކައިވެނި ކުރުމުގެ ކުރިން ތިން އަހަރު ވަންދެން ރައްޓެހިވެގެން އުޅުނުކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް