މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 108.7 މިލިއަން ޑޮލަރު ފޮނުވި: އެމްއެމްއޭ

ހުއްދަ ދީފައިވާ ފަރާތްތައް މެދުވެރިކޮށް މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 108.7 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ފޮނުވާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ. އެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބ...

02 May 2017 | 07:16

ހުއްދަ ދީފައިވާ ފަރާތްތައް މެދުވެރިކޮށް މިދިޔަ އަހަރު ރާއްޖެއިން ބޭރަށް 108.7 މިލިއަން ޑޮލަރު (1.6 ބިލިއަން ރުފިޔާ) ފޮނުވާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.

އެމްއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ފައިސާގެ ތެރެއިން 83 ޕަސެންޓު ފައިސާ އަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާ ކަމަށާއި ދިވެހިން ފޮނުވާފައިވަނީ 17 ޕަސެންޓު ކަމަށެވެ. އެކަމަކު މިދިޔަ އަހަރު ފޮނުވި ފައިސާގެ އަދަދަކީ 2015 ވަނަ އަހަރާ އަޅާބަލާއިރު 13 ޕަސެންޓު ދަށް އަދަދެކެވެ.

މިދިޔަ އަހަރު ރާއްޖެއިން ބޭރަށް ފޮނުވި ފައިސާގެ އަދަދު ދަށްވެފައިވާ ކަމަށް ބެލެވިފައިވަނީ ރެމިޓެންސް ޓެކްސް  ނަގަން ފެށުމުންނެވެ. އެގޮތުން ކުރީ އަހަރާ އަޅާބަލާއިރު ބިދޭސީން ފައިސާ ފޮނުވި އަދަދު ބޮޑުތަނުން ދަށަށް ގޮސްފައިވާއިރު ދިވެހިން ފޮނުވި ފައިސާގެ އަދަދު ހުރީ އެއްވަރެއްގައި ހިފެހެއްޓިފައި އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ބިދޭސީން ފައިސާ ފޮނުވީ ބަންގްލަދޭޝް އަށެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމުގެ ހިދުމަތް ދިނުމަށް މިދިޔަ އަހަރު ރާއްޖޭގައި ރަސްމީ ހުއްދަ އާއި އެކު ހަ ކުންފުންޏެއް ހަރަކާތްތެރިވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް