ޕްލާސްޓިކް ސާޖަރީ ހަދަމުން ދަނިކޮށް މަޝްހޫރު މޮޑެލް ކްރިސްޓީނާ މާޓެލީ މަރުވެއްޖެ

ހަށިގަނޑުގެ ބައްޓަމުގެ ރީތިކަމަށް މަޝްހޫރުވެފައިވާ ކްރިސްޓީނާ މާޓެލީ ޕްލާސްޓިކް ސާޖަރީ ހައްދަމުން ދަނިކޮށް މަރުވެއްޖެ އެވެ. އޭނާ ވަނީ އުމުރުން 17 އަހަރުން ފެށިގެން މިހާތަނަށް 100 އަށްވުރެ ގިނަ ފަހަރު ...

02 May 2017 | 07:03

ހަށިގަނޑުގެ ބައްޓަމުގެ ރީތިކަމަށް މަޝްހޫރުވެފައިވާ ކްރިސްޓީނާ މާޓެލީ ޕްލާސްޓިކް ސާޖަރީ ހައްދަމުން ދަނިކޮށް މަރުވެއްޖެ އެވެ.

އޭނާ ވަނީ އުމުރުން 17 އަހަރުން ފެށިގެން މިހާތަނަށް 100 އަށްވުރެ ގިނަ ފަހަރު ޕްލާސްޓިކް ސާޖަރީ ހައްދާފަ އެވެ.

އިންސްޓަގްރާމްގައި ގިނަ ފޮލޯވާސް ތަކެއް ހޯދާފައިވާ ކްރިސްޓީނާ އޭނާގެ ވެބްސައިޓުގައި ހާމަ ކުރި ގޮތުގައި އޭނާ ހަށިގަނޑަށް ބަދަލު ގެންނަން ކުރަމުން ގެންދިޔަ ޕްލާސްޓިކް ސާޖަރީ ތަކަކުން އޭނާއަށް ހިތްހަމަޖެހުން ލިބޭ ކަމަށާއި ސާޖަރީތަކަކީ އޭނާގެ ހޮބީއެއް ކަމަށެވެ.

ރިޕޯޓުތައް ދައްކާގޮތުގައި ކްރިސްޓީނާ މަރުވެފައި ވަނީ އޭނާ ސާޖަރީ ހައްދަމުން ދަނިކޮށް ހާޓް އެޓޭކެއް ޖެހިފަ އެވެ.

ކްރިސްޓީނާ ވަނީ މޮޑްލިން ކެރިއާގައި 620 ހާސް އިންސްޓަގްރާމް ފޮލޮވަސް ހޯދާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް