ޕްރިޔަންކާ އަކީ ރީތީގެ ރާނީއެއްކަން އަނެއްކާވެސް ސާބިތުކޮށްފި

މި އަހަރުގެ ވިކްޓޯރިއަރސް ސީކްރެޓްގެ "އެންމެ ރީތި" ލިސްޓުގެ "އެންމެ ރީތި ރެޑްކާޕެޓް ލޫކް" ޕްރިޔަންކާ ހޯދާފައިވާ އިރު އޭނާ ދަނީ އެ ޝަރަފު ހިފަހައްޓަމުން ކަން އިއްޔެ ބޭއްވި މެޓް ގާލާގެ ރެޑް ކާޕެޓުން ހާމ...

02 May 2017 | 06:55

މި އަހަރުގެ ވިކްޓޯރިއަރސް ސީކްރެޓްގެ "އެންމެ ރީތި" ލިސްޓުގެ "އެންމެ ރީތި ރެޑްކާޕެޓް ލޫކް" ޕްރިޔަންކާ ހޯދާފައިވާ އިރު އޭނާ ދަނީ އެ ޝަރަފު ހިފަހައްޓަމުން ކަން އިއްޔެ ބޭއްވި މެޓް ގާލާގެ ރެޑް ކާޕެޓުން ހާމަވެގެން ދެއެވެ.

ޕްރިޔަންކާ އިއްޔެ ބޭއްވި މެޓް ގާލާއަށް ގޮސްފައިވަނީ ދުނިޔޭގައި އަދި މިހާތަނަށް ހަދާފައިވާ އެއްމެ ދިގު ޓްރެންޗް ކޯޓު ލައިގެންނެވެ. ޓްރެންޗް ކޯޓަކީ އާއްމުކޮށް ކަކުލާ ހަމައަށް ހުންނަ އެއްޗެއް ކަމުގައި ވިޔަސް ޕްރިޔަންކާ ލައިގެން ދިޔަ ރާލްފް ލޯރެންގެ ޓްރެންޗް ކޯޓު އޭނާއަށްވުރެވެސް ދިގެވެ.

ދުނިޔޭގެ މަޝްހޫރުތަރިންތަކަށް ދައުވަތު ދީގެން ކޮންމެ އަހަރަކު ބާއްވާ މި ގާލާގައި ޕްރިޔަންކާ ޗޯޕްރާ ވަނީ އޭނާ އަކީ އަސްލަށްވެސް ދުނިޔޭގެ ރީތީގެ ރާނީ އެއްކަން ހާމަކޮށްފަ އެވެ.

ކުއަންޓިކޯއިން އެމެރިކާގެ ގިނަ އަދަދެއްގެ ހިތްތައް އަތުލާފައިވާ ޕްރިޔަންކާ މި އަހަރުގެ މެޓް ގާލާ އަށް ގޮސްފައިވަނީ އެމެރިކާގެ މަޝްހޫރު މިޔުޒިކީ ފަންނާނު ނިކް ޖޯންސަން އާއި އެކުގަ އެވެ.

ޕްރިޔަންކާ އަށް އޭނާގެ ކޯޓުގެ ސަބަބުން އެތައް ބަޔަކު ދަނީ ޓްވިޓާގައި ތަޢުރީފު ކުރަމުންނެވެ.

https://twitter.com/etnow/status/859185689975455744

މި އަހަރުގެ މެޓް ގާލާއަށް ޕްރިޔަންކާގެ އިތުރުން ހިއު ޖެކްމަން، ޖެނިފާ ލޮޕޭޒް، ރަޔަން ރެނލްޑްސް، ސެލީނާ ގޮމޭޒް އަދި ގެނާ ސިސްޓަރސް ކެންޑަލް އާއި ކައިލީ ފަދަ މަޝްހޫރު ތަރިންތައް ވަނީ ބައިވެރި ވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް