އުތުރު ކޮރެއާގެ ރައީސްއާއި ބައްދަލުކުރެއްވުމަކީ ލިބޭނޭ ޝަރަފައެއް: ޓްރަމްޕް

ވަގުތުޖެހުމުން އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންނާއި ބައްދަލުކުރުމުގެ ފުރުޞަތު ލިބިއްޖެނަމަ އެއީ ލިބޭނެ ޝަރަފެއްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ޓްރަމްޕް މިހެން ވިދާޅު...

02 May 2017 | 03:45

ވަގުތުޖެހުމުން އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުންނާއި ބައްދަލުކުރުމުގެ ފުރުޞަތު ލިބިއްޖެނަމަ އެއީ ލިބޭނެ ޝަރަފެއްކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ބުލޫމްބާގް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އެވެ.

ޓްރަމްޕްގެ ބަސްދީގަތުމާއި ވިދިގެން ވައިޓް ހައުސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ދެ ޤައުމުގެ ލީޑަރުން ބައްދަލުކުރުމުގެ ކުރިން އުތުރު ކޮރެއާއަށް އެމެރިކާގެ ސަރުކާރުން ކަނޑައަޅާ ޝަރުތުތަކެއް ފުރިހަމަ ކުރަންޖެހޭނެކަމަށެވެ. ޓްރަމްޕްގެ ތަރުޖަމާނު ޝޯން ސްޕައިސާ ވިދާޅުވީ އެމެރިކާއިން ބޭނުންވަނީ އުތުރު ކޮރެއާއިން ކުރަމުން އަންނަ ކަންބޮޑުވުން އުފެދޭފަދަ ކަންތައްތައް ހުއްޓާލަންކަމަށެވެ.

މި ދަނޑިވަޅަކީ އުތުރު ކޮރެއާގެ ނިއުކުލިއާ ޕްރޮގުރާމްގެ މައްސަލައިގައި އެމެރިކާއާއި ދެ ޤައުމުގެ ދެމެދުގައި ވަރަށް ބޮޑެތި ދެބަސްވުންތަކެއް ހިނގަމުންދާ ދުވަސް ކޮޅެކެވެ. އޭގެ އިތުރުން ދެ ޤައުމުން އަސްކަރިއްޔާ ބާރުވެރިކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ސަބަބުންވެސް ދެ ޤައުމުގެ ދެމެދުގައިވަނީ ކަންބޮޑުވުންތައް އުފެދިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް