މެގަ މޯލްޑިވްސްގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފި

މެގަ މޯލްޑިވްސްގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ. މެގަ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ވަގުތީގޮތުން ދަތުރުތައް މެދު ކަނޑާލަނީ ކުން...

02 May 2017 | 02:30

މެގަ މޯލްޑިވްސްގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

މެގަ މޯލްޑިވްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ވަގުތީގޮތުން ދަތުރުތައް މެދު ކަނޑާލަނީ ކުންފުނި ހިންގާ މެނޭޖްމެންޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކުންފުނީގެ ހިންގުމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތްތަކެއް ކުރުމަށް ކަމަށެވެ. ދަތުރުތައް މެދުކަނޑާލި ނަމަވެސް އިދާރީ މަސައްކަތްތައް ގަވައިދުން ކުރިޔަށް ދާނެ އެވެ.

އެ ކުންފުންޏަށް ގެންނަން މަސައްކަތް ކުރަމުންދާ ބަދަލުތަކުގެ ތެރޭގައި ކަސްޓަމަރުން ބޭނުންވާނެ ފަދަ ހިދުމަތްތައް މިހާރަށްވުރެ ރަނގަޅު ކުރުމާއި މިހާރު ބޭނުންކުރާ ބޯޓުތަކުގެ ހާލަތު ބަލައި، އެންމެ އެކަށީގެންވާ އާ ބޯޓުތައް ހޯދުން ފަދަ މަސައްކަތްތައް ހިމެނޭ ކަމަށެވެ. އަދި މުވައްޒަފުންގެ ފެންވަރު މަތި ކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށް ބުނެފައިވެ އެވެ.

"ކުންފުނިި ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް، މުޅިން އާ އަދި ފެންވަރު ރަނގަޅު ބޯޓުތަކަކާ އެކު ދަތުރުތައް ފެށުމަކީ މެގަ މޯލްޑިވްސް އިން އުއްމީދު ކުރާ ކަމެކެވެ." އެ ބަޔާނުގައިވެ އެވެ.

މެގަ މޯލްޑިވްސް އިން ބުނީ އެ ކުންފުނީގެ މަތިންދާ ބޯޓުތަކުން މިހާތަނަށް 50 މަންޒިލަކަށް ދަތުރުކޮށް 1.1 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވާނެ ކަމަށެވެ. މެގަ މޯލްޑިވްސްގެ ހިދުމަތް ފެށީ 2010 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް