"ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުތައް ޙަޤީޤަތަކަށް ހެދުމަކީ އެޗްޑީސީގެ އިސް އިސްތިރާޖީ އަމާޒު"

އެޗްޑީސީގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުތައް ފުރިހަމައަށް ތަންފީޒުކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަ...

02 Apr 2026 | 05:19
ކުޅުދުއްދުފުށީ ސިޓީގައި 2000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ: އެޗްޑީސީ

ކުޅުދުއްދުފުށީ ސިޓީގައި 2000 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން /ފޮޓޯ: އެޗްޑީސީ

އެޗްޑީސީގެ ޚިދުމަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް

ފޯރުކޮށްދިނުމުގެ މައިގަނޑު މަޤްޞަދަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުތައް

ފުރިހަމައަށް ތަންފީޒުކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަލީ

ޒުހައިރު ހާމަކުރައްވައިފިއެވެ.

ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިން ޔުނިޓް ބިނާކުރުމުގެ

މަސައްކަތް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން،

ޒުހައިރު ވަނީ ފާއިތުވި ތަނުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެޗްޑީސީން ކުރި

މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލައްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި

ކުޅުދުއްފުށީގައި ފެށި މި މަޝްރޫޢަކީ މާލެ ސަރަޙައްދުން ބޭރުގައި އަތޮޅުތެރޭގައި

މިހާތަނަށް ފެށުނު އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢެވެ.

ޒުހައިރު އިތުރަށް ވިދާޅުވީ، އެޗްޑީސީއަކީ ވޭތުވެދިޔަ 25

އަހަރުގެ ތެރޭގައި ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި ތަޖުރިބާތަކެއް

ހާސިލުކޮށްފައިވާ ކުންފުންޏެއް ކަމަށެވެ. ހުޅުމާލެ ފަދަ ބޮޑު ސަރަޙައްދެއް

ތަރައްޤީކޮށް، އެތައް ހާސް ބަޔަކަށް ދިރިއުޅޭނެ ތަންތަން ތައްޔާރުކުރުމުގައި

އެޗްޑީސީން ކުރި ބުރަ މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ. މިހާރު އެ ކުންފުނީގެ

ފަންނީ ހުނަރާއި ތަޖުރިބާ މުޅި ރާއްޖެއަށް ފުޅާކުރަން ފަށާފައިވާކަން

ފާހަގަކުރައްވައި، އަމާޒަކީ ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ޢަމަލީ ގޮތުން ދެއްކުން

ކަމަށް ވިދާޅުވިއެވެ.

ދިވެހިންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ

ދަތިކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު

މުޢިއްޒު ކުރައްވާ އިޚްލާޞްތެރި މަސައްކަތްޕުޅަށް ޒުހައިރު ޝުކުރު

އަދާކުރެއްވިއެވެ. އަދި ހުޅުމާލެއިން ބޭރުގައި ހިންގާ މި ފުރަތަމަ ބޮޑު މަޝްރޫޢު،

ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ނިންމައި ރައްޔިތުންނާ ހަވާލުކުރާނެ ކަމުގެ

ޔަޤީންކަން އޭނާ ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރެއްވި

ދަތުރުފުޅުތަކުގައި، 10 ރަށެއްގައި ޖުމްލަ 3960 ހައުސިން ޔުނިޓް އެޅުމަށް

އެޗްޑީސީއާ ވަނީ ހަވާލުކުރައްވާފައެވެ. މީގެ ތެރޭގައި ކުޅުދުއްފުށީގައި ބިނާކުރާ

14 ބުރީގެ 13 ޓަވަރު ހިމެނެއެވެ. މި ތަންތަނުގައި ހިމެނޭ 3 ކޮޓަރީގެ

އެޕާޓްމެންޓުތަކަކީ 900 އަކަފޫޓުގެ ޖާގަ ތަނަވަސް، ޒަމާނީ ފެންވަރަށް ހަދާ

ތަންތަނެވެ. މި މަޝްރޫޢުގެ ދަށުން 1856 ފްލެޓާއި އަމިއްލަ ގެދޮރު ތަރައްޤީކުރުމުގެ

މަސައްކަތް ކުރިއަށްދާނެއެވެ.

އެޗްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރު އެ

ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާނީ ބޯހިޔާވަހިކަމުގެ

މިފަދަ މަޝްރޫޢުތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް