އާޒިމްއާ މެދު އޭސީސީއިން ފިޔަވަޅު އަޅާފައެއް ނުވޭ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލޯންޑަ ކުރި އެސްއޯއެފްގެ އެކައުންޓުން، އަބްދުﷲ އާޒިމަށް ފައިސާ ޖަމާކުރި މައްސަލައިގައި އިދާރީ ފިޔަވަޅު އަޅާފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އިން އޭނާ އަ...

02 Apr 2019 | 12:54

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލޯންޑަ ކުރި އެސްއޯއެފްގެ އެކައުންޓުން، އަބްދުﷲ އާޒިމަށް ފައިސާ ޖަމާކުރި މައްސަލައިގައި އިދާރީ ފިޔަވަޅު އަޅާފައި ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އިން އޭނާ އަށް ދީފައިވާ ސިޓީއެއްގައި ބުނެފި އެވެ.

އޭވިއޭޝަންގެ ބޯޑު މެމްބަރު އާޒިމްގެ އެކައުންޓަށް 50،000 ޑޮލަރު ޖަމާވިއެވެ. އަދި މި މައްސަލައިގައި އިދާރީ ފިޔަވަޅު އެޅި ކަމަށް އޭސީސީން ކުރިން ވަނީ ބުނެފައިވެ އެވެ.

އަދި އެކައުންޓަށް ޑޮލަރު ޖަމާވިއިރު، އޭނާ އަކީ އެމްއެމްޕީއާރުސީއާ ގުޅޭ ހިޔާނާތުގައި އެމްޕީއެލް އިން ޑޮލަރު ގަތް މައްސަލަ ތަހުގީގުކުރަން އޭސީސީން އެކުލަވާލި ޓީމުގެ އިންވެސްޓިގޭޓަރެކެވެ.

އޭސީސީގެ ލިޔުމުގައި ވާގޮތުން، އާޒިމް ވަޒީފާއިން ވަކިކުރީ އަމިއްލައަށް އެދިގެން ކަމަށާއި، ވަޒީފާ އަދާކުރި މުއްދަތުގައި އެއްވެސް އިންޒާރެއް ނަސޭހަތެއް، ނުވަތަ އެއްވެސް އެންގުމެއް އަންގާފައިވާ ކަން ކޮމިޝަނުގެ ރެކޯޑުތަކުން ފެންނަން ނެތް ކަމަށް އެ ލިއުމުގައިވެ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި އޭސީސީން އޭނާއާ މެދު ފިޔަވަޅު އެޅި ކަމަށް އެ ކޮމިޝަނުން ކުރިން ބުނުމަކީ އޭނާ ވަޒީފާ އަދާކުރި އިޚްލާސްތެރިކަމާ ދޭތެރޭ ސުވާލު އުފެއްދުން ކަމަށެވެ.

އާޒިމްގެ އެކައުންޓަށް ޑޮލަރު ޖަމާވި މައްސަލަ ތަހުގީގުކޮށް އޭސީސީއިން ނިންމާފައި ވަނީ، އޭނާގެ ކުށެއް ނެތް ކަމަށާއި، އޭނާއާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް މިހާރު ބަލަމުން ނުދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް