އަދީބަކީ ޔާމީން ސަރުކާރުގައި އެޅުވި ފަންޏެއް: ނަޝީދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެޅުވި ފަންޏެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. އެމްޑީޕީ ކެންޑިޑޭޓުގެ ގޮތު...

02 Apr 2019 | 12:17

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެޅުވި ފަންޏެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ކެންޑިޑޭޓުގެ ގޮތުގައި ކެނދިކޮޅުދޫ ދާއިރާއަށް ވާދަކުރައްވާ އީސަ ގެ ކެންޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ އަދީބަށް ރުހުން ދިނުމަށް މަޖިލީހުގައި އީސަ ވޯޓު ދިނީ އެމަނިކުފާނު ވިދާޅުވެގެން ކަމަށާއި އެވާހަކަ މީގެ ކުރިން ތަފްސީލުކޮށް ކިޔައިނުދީ އޮތީ އޭގައި އެމަނިކުފާނު ވެސް ހިމެނިވަޑައިގަންނަވާ ވަރު ބޮޑުކަމުން ކަމަށެވެ.

އަދި ސިޔާސީ މަސައްކަތުގައި އެމަނިކުފާނުގެ އެއް އުސްތާޒަކީ ކުޑަފަރީ ކަލޭފާނު ކަމަށާއި، ވާދަވެރިން ގޯހެއް ހަދާ ނަމަ އެކަން ނުހުޓުވުމަށް ކަލޭފާނު ވިދާޅުވި ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރަކަށް ހުންނަނީ ދެއަތުން ކާ ކުއްޖެއް ކަމަށް މީހަކު ބުނި ކަމަށާއި، އެހާ ރަނގަޅޫ ފަންޏެއް މަޖިލީހުގައި އެޅުވެން އޮތުމުން އަދީބު ވަޒީރަކަށް ގެނައުމަށް ރުހުން ދިނުމަށް އީސައަށް ދެންނެވިން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި، ރައީސް ޔާމީންގެ ވެރިކަމަށް ލޮޅުމެއް ގެނެވެން އޮތީ އެ ވެރިކަމުގެ ތެރޭގައި ފަންޏެއް އަޅުވައިގެން ކަން އިގޭތީ ކަމަށާއި، އަދީބު ޓުއަރިޒަމް މިނިސްޓަރަކަށް ގެނެސްގެން އިންތިހާއަށް ކޮރަޕްޓްވާނެ ކަމާއި އޭގައި ރައީސް ޔާމީން ޖެހިވަޑައިގަންނަވާނެކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ޔާމީންގެ ވެރިކަން ބަދަލު ކުރެވުނީ އެ ވެރިކަމުގެ ތެރޭގައި އެބޭފުޅުން ރެނދެއް އެޅުވީމަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް