ފުލުހުންގެ މެރިން އިންޖީން ސަރވިސް ސެންޓަރ ހުޅުވައިފި

އެލިޔާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްފެ އެހިތެރިކަމާއެކު ދޫނިދޫގައި ގާއިމްކުރި މެރިން އިންޖީން ސަރވިސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. އިއްޔެ ދޫނިދޫގައި ކުރިއަށް ދިޔަ ރަސްމިއްޔާތ...

02 Apr 2019 | 11:23

އެލިޔާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްފެ އެހިތެރިކަމާއެކު ދޫނިދޫގައި ގާއިމްކުރި މެރިން އިންޖީން ސަރވިސް ސެންޓަރ ހުޅުވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިއްޔެ ދޫނިދޫގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، މި ސެންޓަރ ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. އަދި މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި އެލިޔާ އިންވެސްޓްމަންޓްގެ މެނޭޖިންގ ޑިރެކްޓަރ އަލާއު ޢަލީ އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންނާއި ދަމާސް އާއި އެމްޓީސީސީގެ އިސް މުވައްޒަފުންގެ އިތުރުން މެރިން ޕޮލިސްގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ހިދުމަތް ފޯރު ކޮއްދިނުމުގައި މެރިން ޕޮލިސްގް ފްލީޓްއަކީ ބޮޑު ދައުރެއް އަދާކުރާ ބައެއްކަމަށާއި، ޕޮލިސްގެ އުޅަނދުތައް އަބަދުވެސް ބޭނުންކުރެވޭ ގޮތަށް އޮތުމަކީ މުހިންމުކަމެއްކަމަށް މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުޙައްމަދު ހަމީދު ވިދާޅުވިއެވެ.

އަދި މި ސެންޓަރުގެ ސަބަބުން ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭންގައި ހިމެނޭ  އޮޕަރޭޝަނަލް ރެޑިނަސްގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ކުރާ މަސައްކަތަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިގެންދާނެކަމަށް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު ބަދަލުވަމުންދާ މުޖުތަމަޢުގައި ފުލުހުންގެ މިޝަން ހާސިލްކުރުމަށް އަބަދުވެސް ތައްޔާރަށް ތިބެންޖެހޭކަމަށާއި ހާއްސަކޮށް ރައްޔިތުންގެ ރައްކާތެރިކަމާއި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމުކަމެއް ދީގެން މަސައްކަތްކުރާއިރު، މިފަދަ ސެންޓަރެއް ޤާއިމްވެފައިހުރުމަކީ ފުލުހުންގެ މުއައްސަސާގެ މަޤުޞަދުތައް ހާސިލްކުރުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮއްދޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް