މީހަކު މަރުވި މައްސަލައެއްގައި ކުންފުންޏެއް ޖޫރިމަނާ ކޮއްފި

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވި މައްސަލާގައި ކުންފުންޏެއް ޖޫރިމަނާކޮށްފިއެވެ. މި މައްސަލާގައި އައިއެންއެންއެފް ކޮންސްޓްރަކްޝަނަށް ވަނީ ބައި މިލިއަން ރުފިޔާ...

02 Apr 2019 | 11:07

ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ގަލަކުން ޖެހި މީހަކު މަރުވި މައްސަލާގައި ކުންފުންޏެއް ޖޫރިމަނާކޮށްފިއެވެ.

މި މައްސަލާގައި އައިއެންއެންއެފް ކޮންސްޓްރަކްޝަނަށް ވަނީ ބައި މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮއްފައެވެ.

މިދިޔަ މާރޗް މަހުގެ 18 ވަނަ ދުވަހު ހިނގި އެހާދިސާގައި މަރުވެފައިވަނީ 44 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އެމީހާ މަރުވެފައިވަނީ ހުޅުމާލޭގައި ހަދަމުން ދިޔަ އެގޭގެ ފަސް ވަނަ ބުރިން ގަލެއް ވެއްޓި، ބޮލުގައި ޖެހުމުގެ ސަބަބުންނެވެ.

އެގޮތުން ޖޫރިމަނާގެ ފައިސާ ދައްކަން ދައްކަން މާލޭ ސިޓީ ކައުންސިލުން އެކުންފުންޏަށް ދީފައިވަނީ އެއް މަސް ދުވަހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް