އިންތިހާބާއި ގުޅޭ ޝަކުވާ ވޯޓުލާ ދުވަހުވެސް ހުށަހެޅޭނެ: ހައި ކޯޓު

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ގުޅޭ ޝަކުވާ ވޯޓުލާ ދުވަހުވެސް ހުށަހެޅޭނެ ކަމަށް ހައި ކޯޓުން ބުނެފިއެވެ. ހައިކޯޓުން ބުނީ، ވޯޓުލާ ދުވަހު ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެކަން ފ...

02 Apr 2019 | 08:39

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ގުޅޭ ޝަކުވާ ވޯޓުލާ ދުވަހުވެސް ހުށަހެޅޭނެ ކަމަށް ހައި ކޯޓުން ބުނެފިއެވެ.

ހައިކޯޓުން ބުނީ، ވޯޓުލާ ދުވަހު ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހަ ކޮށްދިނުމުގެ ގޮތުން، އެޕްރިލް ހަވަނަ ދުވަހު (ވޯޓުލާ ދުވަހު) ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ދިވެހިރާއްޖޭގެ ހައި ކޯޓު ހުޅުވިފައި ހުންނާނެ ކަމަށެވެ.

އަދި ހައި ކޯޓު ހުޅުވިފައި ހުންނަ ގަޑިތައް ފިޔަވައި އެހެން ގަޑިއަކު ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހައި ކޯޓުގެ ރެޖިސްޓްރޭޝަން އަށް ގުޅައިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަރު ލިބިގެންވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް