ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން، ހިއުމަން ރައިޓްސް އެމްބެސެޑަރުންގެ ގޮތުގައި ހަތަރު ފަރާތެއް ހަމަޖައްސައިފިއެވެ.
އެޗްއާރުސީއެމް އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އަންހެނުންގެ ހައްގުތަކުގެ ދާއިރާއިން އެމްބެސެޑަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަނީސާ އަހުމަދެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދާއިރާއިން އެމްބެސެޑަރެއްގެ ގޮތުގައި އަހުމަދު ހިޝާން ހަމަޖައްސާފައިވާއިރު، އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތަކުގެ ދާއިރާއިން އެމްބެސެޑަރަކަށް ހަމަޖައްސާފައި ވަނީ މުހައްމަދު ޝިހާބެވެ. އަދި އުމުރުން ދުވަސްވީ މީހުންގެ ހައްގުތަކުގެ ދާއިރާއިން އެމްބެސެޑަރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ރަޒީނާ ތުއްތުދީދީ އެވެ.
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހިއުމަން ރައިޓްސް އެމްބެސެޑަރުންގެ ގޮތުގައި ހަތަރު ފަރާތެއް ކަނޑައަޅާފައިވާނެ ކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ.
އެމްބެސެޑަރުންގެ ގޮތުގައި ކަނޑައެޅި ފަރާތްތަކަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރައްވާފައިވާ ފަރާތްތަކެއް ކަމަށް އެޗްއާރުސީއެމުން މައުލޫމާތު ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް