ނިމިދިޔަ އަބްދުﷲ ޔާމިންގެ ސަރުކާރުން ބިނާކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލުން ދާއިމަށް ކޮރަޕްޝަން ފެންނާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާލުވެއްޖެއެވެ.
ރޭ މާފަންނުގައި ބޭއްވި އެމްޑީޕީ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލް އެޅި ސިންގަޕޫރުގެ ކުންފުންޏާއި ބައްދަލު ކުރެއްވި ކަމަށާއި، އެއީ ކުޑަ ހަރަދަކުން ބިނާ ކުރެވޭނެ ހޮސްޕިޓަލެއްކަމަށް އެފަރާތްތަކުން ކުރީގެ ރައީސް ޔާމިންގެ އަރިހުގައި ދެންނެވިކަމަށެވެ. އެ އިމާރާތް ކޮށްފައިވަނީ ދުއިސައްތަ ވިހި މިލިއަން ޑޮލަރު ހަރަދުކޮށްގެން ކަމަށާއި، ނަމަވެސް އެ އިމާރާތަކީ ފަންސާސް ހަރަތު މިލިއަން ޑޮލަރަށް އެޅޭނެ ބިނާއެއް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިއީ ދައުލަތުގެ ބަޖެޓުން ނާޖާއިޒު ގޮތުގައި ކުރީސަރުކާރުން ކުރެއްވި ޚަރަދުގެ ގޮތުގައި ސިފަކުރައްވާ ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ހަމަނޭވާ ލެވޭނީ ދައުލަތުން ވައްކަންތައްކުރި މީހުން ހިފައިހައްޔަރުކޮށް ޖަލަށް ލެވިގެންކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ބޮޑެތި މަޝްރޫއު ތަކަކީ ބޮޑެތި ޚިޔާނާތްތަކެއް ކަމުގައެވެ. އަދި އެ މައްސަލަތައް ބައްލަވައި އިންސާފު ހޯދައިދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް