ވޯޓުލުން ކުރިޔަށްދާނީ ހެނދުނު 8:00 އިން ހަވީރު 16:00 އަށް

މިމަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ރާއްޖޭގައި ކުރިއަށް ދާނީ، 8:00 އިން 16:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އ...

02 Apr 2019 | 04:53

މިމަހުގެ ހަވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓުލުން ރާއްޖޭގައި ކުރިއަށް ދާނީ، 8:00 އިން 16:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އީސީ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ، އިންޑިއާ އަދި ލަންކާގައި ދިރިއުޅޭ ދިވެހިން ވޯޓުލާނީ 8:30 އިން 16:30 އަށް ކަމަށެވެ. އަދި މެލޭޝިޔާގައި ދިރިއުޅޭ ދިވެހިން ވޯޓުލާނީ 11:00 އިން 19:00 އަށް ކަމަށެވެ. މީގެ އިތުރުން ޔޫކޭ ގައި ދިރިއުޅޭ ދިވެހިން ވޯޓުލާން ހަމަޖެހިފައިވަނީ، 9:30 އިން 17:30 އަށް ކަމަށްވެސް އީސީ އިން ވަނީ ބުނެފައެވެ.

https://twitter.com/ElectionsMv/status/1112695449733873664

މަޖިލިސް އިންތިހާބު އަންނަން މިހާރު މިވަނީ ހަތަރު ދުވަހަށް ވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް