އއ. މަތިވެރި ގެސްޓްހައުސް އަކުން ގިނަ އަދަދެއްގެ ބަނގުރަލާއި އެކު ދެ މީހަކު ހައްޔަރުކޮށްފި

އއ. މަތިވެރި ގެސްޓްހައުސް އަކުން ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ދެ މީހަކު ރޭ ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ ގެސްޓް ހައުސްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން އަންނަކ...

02 Apr 2019 | 04:32

އއ. މަތިވެރި ގެސްޓްހައުސް އަކުން ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ދެ މީހަކު ރޭ ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، އެ ގެސްޓް ހައުސްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުން އަންނަކަމުގެ ހަބަރު ލިބުނީ ރޭ 21:00 ހާއިރުއެވެ. އެ ގެސްޓް ހައުސް ބަލާ ފާސްކުރިއިރު، 70 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުސްކޮށްފައިވާ ގިނަ އަދަދެއްގެ ފުޅި ފުލުހުން ވަނީ ހޯދާފައެވެ.

އެ މައްސަލައާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ، 18 އަހަރުގެ ފިރިހިނެކާއި 38 އަހަރުގެ ފިރިހެނެކެވެ. މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް