ދިރާގުން އޯޓިޒަމް އެސޯސިއޭޝަނަށް ކުޑަކުދިންގެ ޕާކެއް އަޅައިދެނީ

ހުޅުމާލޭގައި ހިންގާ އޯޓިޒަމް އެސޯސިއޭޝަނަށް ދިރާގުން ކުޑަކުދިންގެ ޕާކެއް އަޅައިދޭން ނިންމައިފި އެވެ. މިއަދު ފާހަގަ ކުރަމުންދާ އޯޓިޒަމަށް ހޭލުންތެރި ކުރުވުމުގެ ދުވަހާއި ގުޅިގެން ބޭއްވި ހަފްލާއެއްގައި ދ...

02 Apr 2018 | 18:13

ހުޅުމާލޭގައި ހިންގާ އޯޓިޒަމް އެސޯސިއޭޝަނަށް ދިރާގުން ކުޑަކުދިންގެ ޕާކެއް އަޅައިދޭން ނިންމައިފި އެވެ.

މިއަދު ފާހަގަ ކުރަމުންދާ އޯޓިޒަމަށް ހޭލުންތެރި ކުރުވުމުގެ ދުވަހާއި ގުޅިގެން ބޭއްވި ހަފްލާއެއްގައި ދިރާގުން ބުނީ އޯޓިޒަމް އެސޯސިއޭޝަނުގެ ހުޅުމާލޭ ސެންޓަރުގައި އަޅާ ޕާކްގެ ފުލް ސެޓަޕް އެ ކުންފުނިން ހަދިޔާ ކުރާނެ ކަމަށެވެ. އަދި އެ ޕާކުން ކުދިންގެ "މޯޓާ ސްކިލްސް" ތަރައްގީވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ދިރާގުން ބުނީ އެ ޕާކާއި އެކު ކުޑަ ކުދިންގެ އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

ކުޑަކުދިންނަށް އެހީތެރިވުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާ ކަމަށް އެ ކުންފުނިން ބުނެ އެވެ. ދިރާގު ގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެއެވެ. އެގޮތުން ކެއާ ސޮސައިޓީ، އާކް، އަދި ސްޕެޝަލް އެޑިއުކޭޝަން ނީޑްސް ސެންޓަރު ތައް ހިމެނެއެވެ.

ކޮންމެ އަހަރަކު ކުރިއަށް ގެންދާ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް އަކީ ރާއްޖޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ހަރަކާތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް