އިއްޔެ އެކަނި ވީއައިއޭގައި 29 ޖެޓު ޕާކު ކޮށްފި

އިއްޔެ އެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 29 އަމިއްލަ ޖެޓު ޕާކު ކުރި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ. އެމްއޭސީއެލްއިން ބުނީ އެއްފަހަރާ އެހާ ގިނައިން އަމިއްލަ ޖެޓުތަ...

02 Apr 2018 | 14:17

އިއްޔެ އެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 29 އަމިއްލަ ޖެޓު ޕާކު ކުރި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.

އެމްއޭސީއެލްއިން ބުނީ އެއްފަހަރާ އެހާ ގިނައިން އަމިއްލަ ޖެޓުތައް ޕާކު ކުރީ ޔޫރަޕްގެ ގައުމުތަކުގައި ފާހަގަ ކުރާ އީސްޓަ ހޮލިޑޭ އާއި ދިމާކޮށްކަމަށެވެ. އެ ދުވަސް ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ އޭޕްރިލް އެކެއްގައި އެވެ.

އެމްއޭސީއެލްއިން ބުނީ އިއްޔެ އަކީ ރެކޯޑު އަދަދަކަށް ޖެޓު ޕާކު ކުރި ދުވަހެއް ކަމަށެވެ. އެމްއޭސީއެލްއިން މީޑިއާގައި ބުނީ މިދިޔަ އަހަރު އެ ދުވަހު އެއާޕޯޓުގައި ޕާކު ކުރީ 21 ޖެޓު ކަމަށެވެ.

https://twitter.com/MACLmedia/status/980673631410794496

އެމްއޭސީއެލްއިން ބުނީ މި ހަފްތާގެ ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ގިނަ އަދަދެއްގެ ޖެޓުތައް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ކޮންމެ އަހަރަކުވެސް ކްރިސްމަސް އާއި އީސްޓަ ހޮލިޑޭ އާއި ދިމާކޮށް މަޝްހޫރު މީހުންނާއި މުއްސަނދި ފަތުރުވެރިން އަމިއްލަ ޖެޓުތަކުގައި ރާއްޖެ އާދެ އެވެ. އެކަމަކު ގިނަ ފަހަރު އެއާޕޯޓުގައި ޖާގަ ނޯންނާތީ ޑޮމެސްޓިކް އެއާޕޯޓުތަކުގެ އިތުރުން ކައިރި ބައެއް އަވަށްޓެރި ގައުމުތަކަށް ޖެޓު ޕާކު ކުރަން ދާން ޖެހެ އެވެ.

އެހެންވެ އެމްއޭސީއެލްއިން ދަނީ ޖެޓުތައް ޕާކު ކުރުމަށް ހާއްސަ ސަރަހައްދެއް އެއާޕޯޓުގައި ހަދަމުންނެވެ. އަމިއްލަ ޖެޓުތައް ޕާކުކޮށްގެން އެމްއޭސީއެލްއަށް ބޮޑު އާމްދަނީ އެއް ލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް