ކުނި މެނޭޖްކުރުމާ ބެހޭ ގަވާއިދާ ހިލާފަށް ކުނި އުފުލާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ބުނެފި އެވެ.
އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އުސޫލަށް އަމަލު ކުރަން ފަށާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މަގުމަތީގައި އުފުލޭ ކުނި ހުންނަން ވާނީ މާހައުލަށް ކުނީގެ ވަސް ނުފެތުރޭގޮތަށެވެ. ކުނި ގެންދާއިރު އަމަލުކުރަން ވާނީ ކުންޏާއި ކުނީގައި އެކުލެވޭ ދިޔަ ފަދަ ތަކެތި މަގުމައްޗަށް ނުފައިބާ ގޮތަށް ކަމަށް ވެސް އީޕީއޭއިން ބުނެ އެވެ.
އެ ގަވައިދާ ހިލާފަށް ކުނި އުކާ ފަރާތްތައް ފާހަގަ ކުރާނީ ވޭސްޓް ޓްރާންސްފާ ސްޓޭޝަނުންނެވެ. އީޕީއޭއިން ބުނީ މިންގަނޑާއި ހިލާފުވެފައި ހުންނަ ކުނި އެ ސްޓޭޝަނުން އަންނަ މަހުން ފެށިގެން ބަލައި ނުގެންނާނެ ކަމަށެވެ.
ގޭގެއިން ނެރޭ ކުނީގެ ވަސް މުޅި މަގުމަތީގައި ހިފާފަ ކުރުމަކީ މާލޭގައި އާންމު ކަމެކެވެ. އަދި ކުނި ކޮތަޅު ހިފައިގެންދާ މީހާ ނުބެލުމުގެ ސަބަބުން ކޮތަޅުގައި ހުންނަ ކުންޏާއި ދިޔަ ފަދަ އެއްޗެހި ފޭބުން އެއީ އާންމު ކަމެކވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް