ހުޅުމާލެއަށް އެމްޓީސީސީން ބާއްވާ ކާގޯ ފެރީގެ ގަޑިތައް ބަދަލު ކޮށްފި

މާލޭގައި މުދާ އުފުލޭ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން އެމްޓިސީސީން މާލެއާއި ހުޅުމާލެ އާއި ދެމެދު ދެމުންދާ މުދާ އުފުލާ ފެރޯގެ ހިދުމަތްދޭ ގަޑިއަށް ބަދަލު ގެނެސްފި އެވެ. ޓްރާންސްޕޯޓު އޮތޯރިޓީން އާންމު ކ...

02 Apr 2018 | 07:38

މާލޭގައި މުދާ އުފުލޭ ގަޑިތަކަށް ގެނައި ބަދަލާ ގުޅިގެން އެމްޓިސީސީން މާލެއާއި ހުޅުމާލެ އާއި ދެމެދު ދެމުންދާ މުދާ އުފުލާ ފެރޯގެ ހިދުމަތްދޭ ގަޑިއަށް ބަދަލު ގެނެސްފި އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން އާންމު ކޮށްފައިވާ ގަވައިދުގައި ބުނެފައިވަނީ ހުޅުމާލެއަށް މާލެ ތެރޭގައި މުދާ އުފުލޭނީ ހަވީރު 6:00 ހެނދުނު 6:00 އަށް ކަމަށެވެ. އެހެންވެ އެ ގަވައިދާ އެއްގޮތަށް އެމްޓިސީސީންވެސް ވަނީ ފެރީ ދަތުރުތަކަށް ބަދަލު ގެނެސްފައި އެވެ.

އެ ކުންފުނިން ބުނީ އިއްޔެއިން ފެށިގެން މުދާ ފެރީ މާލެއިން ފުރާނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ރޭގަނޑު 7:00 ގަ އާއި 10:00 ގައި އަދި ދަންވަރު 1:00ގަ އެވެ. އަދި ހުޅުމާލެ އިން މާލެއަށް ފުރާނީ ހަވީރު 5:30ގަ އާއި 8:30ގަ އާއި 11:30ގަ އެވެ.

އެ ކުންފުނިން މިހާރު ހަމަޖައްސާފައިވާ ގޮތުން ހުކުރު ދުވަހު އޮންނަ ފެރީ މާލެއިން ފުރާނީ 7:00ގަ އެވެ. އަދި ހުޅުމާލެ އިން ފުރުން އޮންނާނީ ހަވީރު 5:30ގަ އެވެ.

އެ ކުންފުނިން ބުނީ މުދާ ފެރީގެ ބިލްތަކަށް ހުޅުމާލެ އާއި މާލެއިން ވެސް ފައިސާ ބަލައިގަންނާނީ ފެރީ ފުރުމުގެ 30 މިނެޓްކުރިން ކަމަށެވެ.  އެމްޓީސީސީގެ މުދާ ފެރީ މާލެއިން ފުރުން ހަމަޖައްސާފައި ވަނީ ދާންނާ ގިމަތައިންނެވެ.

މި ބަދަލާއި ގުޅިގެން ވިޔަފާރިވެރިންނާއި މަޖޫރީން ހިތްހަމަ ނުޖެހުން ފާޅުކުރި ނަމަވެސް އާންމު ބުންނަނީ އެ ބަދަލުގެ ސަބަބުން މާލޭ މަގުމަތީގެ ޓްރެފިކަށް ހައްލެއް ލިބި އަމާންވެފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް