ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ލުއި ލޯނު ނަގާ ފަރާތްތަކަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.
އިއްޔެ އިން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، މި މަހުގެ ތެރޭގައި އަލަށް ލުއި ލޯނު ނަފާ މީހުންގެ އިތުރުން ރީ-ފައިނޭންސިން އަށް ހުށަަހަޅާ މީހުންނަށެވެ. ބީއެމްއެލް އިން ބުނީ ލުއި އެކްސްޕްރެސް އަދި ލުއި ޕްރޮފެޝަނަލް ލޯނު ނަގާ ފަރާތްތަކަށް ވެސް މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
މި ލޯނުތަކަށް އެދޭތާ ފަސް ދުވަސްތެރޭގައި ލޯނު ދޫކުރާނެ އެވެ.
ބޭންކް އޮފް މޯލްޑިވްސްގެ "ލުއި އެކްސްޕްރެސް" ލޯނަކީ 50،000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭ ލޯނެކެވެ. އެ ލޯނުގެ އިންޓްރެސްޓް ރޭޓަކީ 18 ޕަސަންޓެވެ. ލޯނު އަނބުރާ ދެއްކުމަށް ހަތަރު އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
މީގެ އިތުރުން "ލުއި ޕްރޮފެޝަނަލް" ލޯނުގެ ދަށުން 50،000 ރުފިޔާ އިން ފެށިގެން 100،000 ރުފިޔާއާ ހަމައަށް ފައިސާ ނެގޭނެ އެވެ. ލުއި ޕްރޮފެޝަނަލް ލޯނުގެ އިންޓްރެސްޓް ރޭޓަކީ 15 ޕަސަންޓު، މި ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރު ދުވަހުގެ މުއްދަތު ލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް