ލ. ފޮނަދޫގައި ހިންގި މާރާމާރީއެއްގައި ދެ މީހަކު ޒަހަމް ކޮށްލައިފި އެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ އިރާކޮޅު އެވެ. މި ހަމަލާގައި ޒަހަމްވި ދެމީހުންނަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އެމީހުންގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުން ބުނެ އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި އެކެއްގެ ފައިގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާއިރު އަނެއް މީހާގެ މޫނަށް ވަނީ އެކި ވަރުގެ އަނިޔާވެފައި އެވެ.
ފުލުހުން ބުނީ މި މައްސަލައިގަ 23 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް