އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ސިނަމާ އޮލިމްޕަސް ހިންގުމާއި ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ހަވާލުވެއްޖެ އެވެ.
އެކަން ހާމަކޮށްފައިވަނީ ޕީއެސްއެމްއިން ރޭ ކުރި ޓުވީޓެއްގައި އެވެ. ޕީއެސްއެމްއިން ބުނެފައިވަނީ އެތަން ހިންގުމާއި ހަވާލުވަނީ ރައީސް އަބްދުﷲ ޔާމީންގެ ޒުވާނުންގެ އެޖެންޑާ ތަންފީޒު ކޮށްދިނުމުގައި ކާމިޔާބީތަކެއް ހޯދައި ދިނުމަށް ކަމަށެވެ.
ޕީއެސްއެމްގެ އަމާޒަކީ ބައިނަލް އަގުވާމީ ފެންވަރުގައި ދިވެހި ފަންނުވެރިން ތަމްރީން ކުރުން ކަމަށެވެ. އަދި މުނިފޫހިފިލުވުމުގެ ދާއިރާއަށް ކުރިން ނުލިބޭ ފަދަ ފުރުސަތުތަކެއް ހޯދައި ދިނުމަކީވެސް އެތަނުގެ ހިންގުމާއި އެ ކުންފުނިން ހަވާލުވި މަގުސަދެއް ކަމަށް ޕީއެސްއެމްގެ ޓުވީޓުގައި ބުނެފައިވެ އެވެ.
https://twitter.com/psm_mkt/status/980511147370602496
ޕީއެސްއެމްއިން ވިޔަފާޜި އުސޫލުން އޮލިމްޕަސް ހިންގަން ނިންމާފައިވާ އުސޫލު އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު ޕީއެސްއެމް އިން ވިޔަފާރީ އުސޫލުން އޮލިމްޕަސް ހިންގަން ފަށައިފިނަމަ ފިލްމު އުފައްދާ ފަރާތްތަކަށް ގެއްލުންތަކާއި ކުރިމަތިލާން ޖެހިދާނެކަމަށް އެ ފަރާތްތަކުން މީގެ ކުރިން މީޑިއާގައި ބުނެފައިވެ އެވެ.
އޮލިމްޕަސް މިހާރު އެ ހުރި ފެންވަރަށް ތަރައްގީ ކުރީ 2013 ވަނަ އަހަރު ރައީސް ޑރ މުހައްމަދު ވަހީދުގެ ސަރުކާރުގައި އެވެ. އެކަމަކު އަދިވެސް އެތަނަށް ފިލްމު އުފައްދާ ފަރާތްތަކުން ބޭނުންވާވަރުގެ ތަރައްގީ ނުގެނެވޭ ކަމަށް އެމީހުން ބުނެ އެވެ.
މިހާތަނަށް އޮލިމްޕަސް ހިންގަމުންއައީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) ގެ ބެލުމުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް