އައްޑޫ ސިޓީގައި އާދިއްދަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގީ ފޭދޫ ބަނދަރާއި ދިމާލުން އެމީހާ ދުއްވަމުން ދިޔަ ބައިސްކަލުގައި ބާރު ސްޕީޑުގައި ދުއްވާފަ ދިޔަ ކާރަކުން ޖެހި އެވެ. މި ހާދިސާގައި ނިޔާވީ ސ. ފޭދޫ ދުންބުރުވާގޭ އަބްދުﷲ މަނިކުފާނެވެ.
އޭނާ މަރުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި އެވެ. ވީމީޑިއާއިން ބުނީ މި އެކްސިޑެންޓްގައި މަރުވެފައިވަނީ އެ ސްޓޭޝަންގެ ޑެޕިއުޓީ އެޑިޓަރު ޚަދީޖާ އާނަސްތުގެ ބައްޕަ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެކްސިޑެންޓު ހިނގި ކާރު ދުއްވަން އިނީ އަންހެނެކެވެ. އެކްސިޑެންޓުވެ ކާރު ގޮސް ކޮންޓްރޯލްވި އިރު އަބްދުﷲ ދުއްވި ބައިސްކަލު އޮތީ ކާރު ދަށުގައި އެވެ. މަންޒަރުދުށް މީހުން މީޑިއާގައި ބުނެފައިވަނީ ކާރުން ޖެހުމުން އަބްދުﷲ ވިއްސައިގެން ގޮސް ޖެހުނީ ވިއްސަކަށް ފޫޓު ދުރަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް