މާލޭގައި ހިންގާ ކެފޭ ރެސްޓޯރެންޓް އަދި ޕެޓްރލޯލް ޝެޑްތައް ބަންދު ކުރާ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މިތަންތަން ބަންދު ކުރާ ގަޑިތަކަށް ބަދަލު ގެންނަން ނިންމީ މާލެތެރޭގައި މުދާ އުފުލުމާ ބެހޭ ގަވައިދަށް ގެނައި ބަދަލާއި ގުޅިގެން އާންމުންނަށް ލުއި ދިނުމުގެ ގޮތުން ކަމަށެވެ. އަދިއ ިތުރު ބަދަލުތައްވެސް އެހެން ކަންކަމާ ގުޅޭގޮތުންވެސް ގެންނަމުން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މިރެއިން ފެށިގެން ކެފޭ އަދި ރެސްޓޯރަންޓުތައް މެންދަމު އެކެއް ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި ޕެޓްރޯލް ޝެޑްތައް ރޭގަނޑު 12:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
ތައުފީގު ވިދާޅުވީ ރޭގަނޑޫ 10:00 ގައި ފިހާރަތައް ބަންދު ކުރި ނަމަވެސް އޭގެ ފަހުން ޑެލިވަރީ ކުރުމުގެ މަސައްކަތަށް ފިހާރަ ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ.
މާލޭގައި މުދާ އުފުލުމަށް ގެން ބަދަލާއި ގުޅިގެން ޕިކަޕާއި ލޮރީގައި ދުވާލުގެ ވަކި ގަޑިތަކެއްގައި ޑެލިވަރީ ކުރެވެނީ ހަމައެކަނި ކައްކާ ގޭހެވެ. އެހެނިހެން މުދާ ޑެލިވަރީ ކުރަން ޖެހެނީ ހަވީރު 6:00 ހެނދުނު 6:00 އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް