އަމީތާބާއި ތާޕްސީ އަނެއްކާވެސް އެކުގައި ފެންނަނީ

ބޮލީވުޑްގެ މެގާ ސްޓާ އަމީތާބު ބައްޗަން އާއި ބަތަލާ ތާޕްސީ ޕަންނޫ އަނެއްކާވެސް އެއް ފިލްމެއްގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ އެވެ. މި ދެ ތަރިން އެކުގައި އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2016 ވަނަ އ...

02 Apr 2018 | 02:10

ބޮލީވުޑްގެ މެގާ ސްޓާ އަމީތާބު ބައްޗަން އާއި ބަތަލާ ތާޕްސީ ޕަންނޫ އަނެއްކާވެސް އެއް ފިލްމެއްގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ އެވެ.

މި ދެ ތަރިން އެކުގައި އެންމެ ފުރަތަމަ ފެނިގެން ދިޔައީ 2016 ވަނަ އަހަރު ރިލީޒް ކުރި "ޕިންކް" އިންނެވެ. އެ ފިލްމަކީ އެ އަހަރުގެ އެންމެ މޮޅު ފިލްމުގެ ގޮތުގައި ގިނަ އެވޯޑު ތަކެއް ހޯދާފައިވާ ފިލްމެކެވެ.

މިފަހަރު ދެމީހުން އެކުގައި ފެނިގެންދާނީ ސުޖޯއީ ގޯޝްގެ ފިލްމަކުންނެވެ. މި ފިލްމަށް ދެ ތަރިންވެސް ސޮއި ކޮށްފައިވާއިރު ފިލްމަކީ ކޮންކަހަލަ ވާހަކައެއް ކަމެއް، ފިލްމުގެ ނަމެއް އަދި ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ސުޖޯއީގެ ފިލްމު "އަލާދީން" އިން އަމީތާބު ފެނިފައިވެ އެވެ. އެކަމަކު މިއީ ތާޕްސީ ސުޖޯއީގެ ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ރިޕޯޓުތައް ބުނާގޮތުގައި އަމީތާބުގެ އުމުރުން 75 އަހަރު ވިޔަސް އޭނާއަށް ފިލްމުތައް ލިބުން މަދެއް ނުވެ އެވެ. މި ފިލްމަކީ އަންނަ އަހަރު ރިލީޒް ވާނެކަމަށް ބެލެވޭ ފިލްމަކަށް ވާއިރު މިހާރު އަމީތާބު ވަނީ "ތަގްސް އޮފް ހިންދުސްތާން" ގެ ޝޫޓިން ނިންމާލުމަށް ފަހު އެހެން ފިލްމެއްގެ ޝޫޓިން ފަށާފައި އެވެ. އަދި އިތުރު ފިލްމެއްގެ ޝޫޓިން ކުރިޔަށް އޮތް އިރު ތާޕްސީ އާއި އެކު ކުޅޭ ފިލްމުގެ  ޝޫޓިން ފަށާނީ އޭގެ ފަހުންނެވެ.

މި ހުރިހާ ފިލްމެއްގެ ކުރިން ދެން އެންމެ އަވަހަށް ރިލީޒް ވާނީ އަމީތާބު އާއި ރިޝީ ކަޕޫރު އެކުގައި ފެނިގެންދާ "102 ނޮޓް އައުޓް" އިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް