ބޮލީވުޑްގެ ސުޕާ ސްޓާރުން ކަމަށްވާ ސަލްމާން ހާންގެ ފިލްމު "ދަބަންގް 3" އަދި ރިތިކް ރޯޝަންގެ ފިލްމު "ސުޕާ 30" ރިލީޒް ކުރާ ދުވަސް އެއް ދުވަހަކަށް ވެއްޖެ އެވެ.
ރިތިކްގެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ 25 ގައި އެވެ. މީގެ ކުރިން ސަލްމާންގެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައި އޮތީ މިއަހަރުގެ ޑިސެމްބަރު މަހު އެވެ. އެކަމަކު ސަލްމާން "ރޭސް 3" ގެ މަސައްކަތްތަކުގައި މާ އަވަދިނެތި އުޅެން ޖެހިފައިވާތީ "ދަބަންގް 3" ރިލީޒް ކުރާ ދުވަސް ވަނީ އަންނަ އަހަރުގެ ޖެނުއަރީ 25 އަށް ބަދަލު ކޮށްފައި އެވެ.
މިކަމާ ގުޅޭގޮތުން އަދި ދެފަރާތުން އެއްވެސް އެއްޗެއް ހާމައެއް ނުކުރެ އެވެ. ރިޕޯޓުތައް ބުނާގޮތުގައި "ދަބަންގް 3" ގެ ޓީމުން މި ދުވަސް ބަދަލު ކުރާނެ ކަމަށް ބެލެވެ އެވެ. އެއީ މިދިޔަ އަހަރުވެސް ޖެނުއަރީ 25 ގައި ރިތިކް ގެ "ކާބިލް" އާއި ޝާރުކް ހާންގެ "ރައީސް" އެއް ދުވަހެއްގައި ރިލީޒް ކުރަން ޖެހުމުން ދެ ތަރިންގެ މެދުގައި ހިތްހަމަ ނުޖެހުންތަކެއް އުފެދިފައި ވަތީ އެވެ،
އެ ފަހަރުވެސް ފިލްމު "ރައިސް" ރިލީޒް ކުރަން ހަމަޖެހިފައި އޮތީ އެހެން ތާރީހެއްގައި އެވެ. އެކަމަކު "ރައީސް" ގެ މަސައްކަތްތައް ލަސްވެ ރިލީޒް ކުރާ ދުވަހެއްގެ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ 25 ހަމަޖެއްސުމުން ރިތިކް ބުނެފައިވަނީ އެއީ އޭނާގެ ފިލްމަށް ގޮންޖެހުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.
"ރައީސް" އާއި "ކާބިލް" އަށް ބޮޑު ކާމިޔާބެއް ބޮކްސް އޮފީހުގައި ލިބުނު ނަމަވެސް "ރައީސް" އަށް ލިބުނު ވަރުގެ އާމްދަނީއެއް ނުލިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް