ދިވެހިރާއްޖެ އާއި އެފްރިކާގެ ގައުމެއް ކަމަށްވާ ޒެންބިއާ އިން ސިޔާސީ ގުޅުން ގާއިމް ކޮށްފި އެވެ.
ސިޔާސީ ގޮތުން ދެ ގައުމު ގުޅުނު ލިއުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. ޒެމްބިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ލަޒަރޫޒް ކަޕަމްވޭ އެވެ.
މި ރަސްމިއްޔާތު އޮތީ ބަނޑޮސް އައިލެންޑު ރިސޯޓުގައި އެވެ.
ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރުމަކީ އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަން ހުޅުވުނު ފުރުސަތެއް ކަމަށެވެ. ޚާއްސަކޮށް، މިއީ އެފްރިކާ ބައްރުގެ ގައުމުތަކާ އެކު ގުޅުން ބަދަހިކުރަން ރާއްޖެ އަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިއީ ރާއްޖެއިން ސިޔާސީ ގުޅުން ގާއިމް ކުރި 166 ވަނަ ގައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް