ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފުލުހުން ތަކެއް ވަޒީފާއިން ވަކިކޮށްފި އެވެ.
ވަޒީފާއިން ވަކިކޮށްފައި ވަނީ އަށް ފުލުހެކެވެ. އޭގެ ތެރޭގައި ޗީފް އިންސްޕެކްޓަރަކާއި، އިންސްޕެކްޓަރެއްގެ އިތުރުން ކޯޕްރަލް އަކާއި ސާޖަންޓު ލެވެލްގައި ތިބި ފުލުހުން ހިމެނެ އެވެ.
އެމީހުންގެ ގާނޫނީ ވަކީލުން ވިދާޅުވީ މި އެންމެން ވަޒީފާއިން ވަކިކޮށް މިއަދު ބަންދުގެ މުއްދަތު ޖަހާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު ބަންދުގެ މުއްދަތުގެ ގޮތުގައި ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައިވާއިރު ދެން ތިބި މީހުންނަށް ޖަހާފައިވަނީ ފަސް ދުވަހެވެ.
ހައްޔަރުގައި ތިބި މި ފުލުހުންގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތާއި، ސަރުކާރުން ވަކި ގޮތެއް ނުނިންމަނީސް އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒު ކުރަން އުޅުނު ކަމުގެ ތުހުމަތެވެ.
މީގެ އިތުރުން، ވެރިކަން ވައްޓާލުމާއި ޓެރަރިޒަމްގެ ތުހުމަތުގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން އަރީފް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަށް ކުރަނީ، އިދިކޮޅު ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ މެދު ސަރުކާރުން ގޮތެއް ނުނިންމަނީސް، އެ އަމުރު ތަންފީޒުކުރަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް