ހާއްސަ ޕްލޭން ތަކާއެކު އުރީދޫން ސެމްސަންގްގެ އާ ފޯނުތައް ޕްރީ އޯޑަރަށް ހުޅުވާލައިފި

ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ ގެލެކްސީ އެސް20، އެސް 20 ޕްލަސް އުރީދޫން ހާއްސަ ޕްލޭންތަކެއްގެ ދަށުން ނެގޭގޮތަށް ހަމަޖައްސައި ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ. އުރީދޫއިން ބުނީ މި ...

02 Mar 2020 | 06:31

ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ ފޯނުތައް ކަމަށްވާ ގެލެކްސީ އެސް20، އެސް 20 ޕްލަސް އުރީދޫން ހާއްސަ ޕްލޭންތަކެއްގެ ދަށުން ނެގޭގޮތަށް ހަމަޖައްސައި ޕްރީ އޯޑަރަށް ހުޅުވާލައިފި އެވެ.

އުރީދޫއިން ބުނީ މި ފޯނުތައް ދެ ޕްލޭންއެއްގެ ދަށުން ނެގޭނެ ކަމަށެވެ. އެއީ އެއް ފަހަރާ ފައިސާ ދައްކައިގެންނާއި އަހަރަކަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ގޮތަށެވެ. މި ދެ ގޮތަށް އުރީދޫގެ ޕޯސްޓްޕެއިޑް އަދި ޕްރީ ޕެއިޑް ކަސްޓަމަރުންނަށްވެސް ފޯނު ގަނެވޭނެ އެވެ.

އެ ކުންފުނިން ބުނީ މަހުން މަހަށް ފައިސާ ދައްކާ ފަރާތްތަކުން ފުރަތަމަ މަހު 1,058.33 ރުފިޔާ، ދެއްކުމަށް ފަހު12 މަހަށް ބަހާލައިގެން ފޯނުގެ އަގު އަދާ ކުރެވޭނެ ކަމަށެވެ. މިގޮތަށް ފޯނު ގަންނަ ކަސްޓަމަރުންނަށް މިއަހަރު ނިމެންދެން ކޮންމެ މަހަކު 2020 އެމްބީ ހިލޭ ޑޭޓާގެ އިތުރުން އީސިމް އަށް ހިލޭ އަޕްގްރޭޑްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އެއް ފަހަރާ ފައިސާ ދައްކައިގެން ފޯނު ގަަންނަން ބޭނުންވާ ފަރާތްތަކަށް128 ޖީބީގެ ސެމްސަންގް ގެލެކްސީ އެސް 20 ވިއްކުމަށް ހަމަޖެހިފައިވަނީ 15,499 ރުފިޔާ އަށެވެ.128 ޖީބީގެ ސެމްސަންގް ގެލެކްސީ އެސް 20+ ވިއްކުމަށް ހަމަޖެހިފައިވަނީ 17,199 ރުފިޔާ އަށެވެ.

އެއް ފަހަރާ ފައިސާ ދައްކައިގެން ފޯނު ގަންނަ ކަސްޓަމަރުންނަށް ކޮންމެ މަހަކު 2020 އެމް.ބީ ހިލޭ ޑޭޓާ މި އަހަރުގެ ނިޔަލަށް ލިބުމުގެ އިތުރުން ގެލެކްސީ ބަޑްސް ހިލޭ ލިބޭނެ އެވެ.

އުރީދޫއިން ބުނީ އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ޕްރީ އޯޑަރު މިހާރު ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކޮންމެ ހިސާބަކަށް ފޯނު ހިލޭ ފޮނުވައިދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް