މަސްތުވާތަކެއްޗާއި އެކީ 21 މީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު 21 މީހަކު މިއަދު ހައްޔަރު ކޮށްފި އެވެ. މިއަދު ހެނދުނު މާލޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 20 ދިވެހިންގެ އިތުރުން ބިދޭސީއަ...

02 Mar 2019 | 12:53

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާ އެކު 21 މީހަކު މިއަދު ހައްޔަރު ކޮށްފި އެވެ.

މިއަދު ހެނދުނު މާލޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ 20 ދިވެހިންގެ އިތުރުން ބިދޭސީއަކު ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ހައްޔަރު ކުރި ދިވެހިންގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

އެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މިއަދު ހެނދުނު 10:52 ހާއިރު ހިންގި އޮޕަރޭޝަނެއްގައި، މާފަންނުގައި ހުންނަ ގެއަކުން ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މީހުން ތިބި ގެ، ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައިވާ 38 ރަބަރު ޕެކެޓް ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭގައި ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ވަނީ 11 މީހަކު ހައްޔަރު ކޮށްފަ އެވެ. އެ މީހުން ހައްޔަރު ކޮށްފައިވަނީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރުމަށްފަހު، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މަހުގެ 20 ވަނަ ދުވަހާއި 26 ވަނަ ދުވަހާއި ދެމެދު ހިންގި އޮޕަރޭޝަންތަކެއްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް