އެމްއެމްސީގެ މެމްބަރު ކަމަށް ނާއިފު އިންތިހާބު ކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީގެ) މެންބަރު ކަމަށް އަހުމަދު ނާއިފު އިންތިހާބުކޮށްފި އެވެ. އަވަސް އޮންލައިންގެ މެނޭޖިން އެޑިޓަރު ކަމުގެ މަގާމުގައި ހުންނެވި ނާއިފު، މީޑިއާ ކައުންސިލްގެ މެންބަރ...

02 Mar 2019 | 12:22

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީގެ) މެންބަރު ކަމަށް އަހުމަދު ނާއިފު އިންތިހާބުކޮށްފި އެވެ.

އަވަސް އޮންލައިންގެ މެނޭޖިން އެޑިޓަރު ކަމުގެ މަގާމުގައި ހުންނެވި ނާއިފު، މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް އިންތިހާބުވީ އެ ކައުންސިލްގެ ހުސްވެފައިވާ މެންބަރު ކަމުގެ ގޮނޑިއަށް ބޭފުޅަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި އިލެކްޝަންގެ ވޯޓް ކާމިޔާބު ކުރައްވައިގެނެވެ. ބައި އިލެކްޝަންގައި ނާއިފަށް 63 ވޯޓް ލިބުނެވެ.

މީޑިއާ ކައުންސިލްގެ މި ބައި އިލެކްޝަަނަކީ އެ ކައުންސިލްގެ މެންބަރު ކަމުގައި ހުންނެވި ރާއްޖެ ޓީވީގެ ނޫސްވެރިޔާ އަލީ ޔޫސުފުގެ މެންބަރު ކަމުގެ ދައުރު ހަމަވެގެނެވެ. އަލީ ޔޫފުސުގެ ކުރިން އެ ގޮނޑި ފުރުއްވެވީ އަވަސް އޮންލައިންގައި ކުރިން މަސައްކަތް ކުރެއްވި މުހައްމަފު އަފްޒަލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް