އިމާރާތް ކުރުމުގެ ދާއިރާ އިނދަޖެހެނީ ސަރުކާރުގެ ނާގާބިލުކަމުން: ޕީއެންސީ

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ އިނދަޖެހިގެންދަނީ ސަރުކާރާުގެ ނާގާބިލު ކަމާ ހެދި ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ބުނެފިއެވެ. ޕީއެންސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިމާރާ...

02 Mar 2019 | 10:49

ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ އިނދަޖެހިގެންދަނީ ސަރުކާރާުގެ ނާގާބިލު ކަމާ ހެދި ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)އިން ބުނެފިއެވެ.

ޕީއެންސީން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ އިމާރާތްކުރުމުގެ ދާއިރާއަށް ނުހަނު ގިނަ ކުރިއެރުން ލިބެމުންދަނިކޮށް މިސަރުކާރުގެ ނާގާބިލުކަމާހެދި މުޅި އިންޑަސްޓްރީ އަނދަވަޅަކަށް ވެއްޓެމުންދާ ކަމަށެވެ.

ޕީއެންސީން މިފަދަ މޭރުމަކުން ޓުވީޓު ކުރައްވައިފައިވާއިރު، މިއަދު ވަނީ ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރަމުން އަންނަ ފުލެޓެއްގެ ނުވަވަނަ ބުރިން ވެއްޓި ޗައިނާގެ ރައްޔިތަކު މަރުވެފައެވެ.

ޕީއެންސީ އިން ކުރި ޓުވީޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އިމާރާތްތަކުން އެއްޗެހި ވެއްޓި މީހުން ޒަހަމްވެ ފުރާނަ ގެއްލުން ފަދަ ހާދިސާތައް ހިނގަނީ، ސީދާ ސަރުކާރުގެ އިހުމާލުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް