ކޯޕަރޭޓް މޯލްޑިވްސް އެކަޑެމީ (ސީއެމްއޭ) އާއި އެމް.އެން.ޔޫ ބިޒްނަސް ސްކޫލާއި ގުޅިގެން އިންތިޒާމްކުރި މޯލްޑިވްސް މާކެޓާސް ފޯރަމް މިއަދު ހެނދުނު ފަށަައިފިއެވެ.
މި ފޯރަމް މައިގަނޑު ގޮތެއްގައި ހާއްސަަ ކުރެވިފައިވަނީ ‘ޑިޖިޓަލް މާކެޓިންގ' އަށެވެ. އެ ގޮތުން ޑިޖިޓަލް މާކެޓިންގ ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި ބޭނުންކުރާ ޓެކުނޮލޮޖީތަކާއި، ވާޗުއަލް ރިއަލްޓީ، އާޓިފިޝަލް އިންޓެލިޖަންސް، އީކޮމާރސް، ބިޒް ޑޭޓާ، ޑޭޓާ އެނެލަޓިކްސް އަދި މޮބައިލް ޑިވައިސްތަކާ ބެހޭ މައުލޫމާތު ބައިވެރިންނާ ހިއްސާ ކުރެވޭނެއެވެ.
ރާއްޖެ އާއި ރާއްޖޭން ބޭރުގެ މާކެޓިންގެ ދާއިރާގައި މަސައްކަތް ކުރައްވާ ތަޖުރިބާކާރުން މި ފޯރަމްގައި ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިފައިވެއެވެ.
އެމް.އެން.ޔޫ ބިޒްނަސް ސުކޫލްގެ އޮޑިޓޯރިއަމްގައި ކުރިއަށްދާ މި ފޯރަމް ހުޅުވައިދެއްވީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަންއެވެ. މިއީ ސީއެމްއޭއިން މި ފޯރަމް ބާއްވާ ދެވަނަ އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް