ހިދުމަތް ހަރުދަނާ ކުރުމަށް އާންމުންގެ ހިޔާލު ހޯދަން ނިންމައިފިއެވެ.
ޕޮލިސް ރިފޯމް މަހާސިންތާ މިމަހުގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެ މަހާސިންތާގައި ބައިވެރިވެ އާންމުންނަށް އެމީހުންގެ ހިޔާލު ހިއްސާ ކުރެވޭނެއެވެ.
ފުލުހުން ބުނީ، އެ މަހާސިންތާގައި ބައިވެރިވުމަށް މާދަމާ 18:00 ގެ ކުރިން ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ.
އެ މަހާސިންތާ އޮންނާނީ އަންގާރަ ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 16:00 އަށެވެ. ފުލުހުންގެ ހިދުމަތް ހަރުދަނާ ކުރުމާއި ގުޅޭގޮތުން އޮންނަ އެ މަހާސިންތާގައި އާންމުންނަށް ދޫކުރާނީ ޖުމްލަ 40 ޖާގަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް