ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭ ބައްދަލުވުމެއްގައި ހެލްތް މިނިސްޓަރ ބައިވެރިވެވަޑައިގެންފި

ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނު ބައިވެރިވެވަޑައިގެންފިއެވެ. ހެލްތު މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މިނިސްޓަރު އ...

02 Mar 2019 | 09:02

ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭ ބައްދަލުވުމުގައި ހެލްތް މިނިސްޓަރު އަބްދުﷲ އަމީނު ބައިވެރިވެވަޑައިގެންފިއެވެ.

ހެލްތު މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މިނިސްޓަރު އަމީން ސައޫދީއަށް ވަޑައިގަތީ، އެގައުމުގައި މިއަދާއި މާދަމާ ކުރިއަށްދާ "ޕޭޝަންޓް ސޭފްޓީ"އާ ގުޅޭ ހަތަރު ވަނަ ގްލޯބަލް މިނިސްޓީރިއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ.

މިބައްދަލުވުމަކީ ބަލިމީހުންގެ ރައްކާތެރިކަމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކަށް ގައުމުތައް އަހުލުވެރިކުރުވައި، އެކަމާގުޅިގެން ގައުމުތަކުން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށާއި، އަދި އެހީބޭނުންވާ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް ހެލްތު މިނިސްޓްރީން ބުނެފައިވެއެވެ.

ހެލްތް މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި މިބައްދަލުވުމުގެ ހަވާސާގައި، މިނިސްޓަރު އަމީން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސްއާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެހީދޭ ޖަމިއްޔާތަކުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވަން ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް