އިންތިހާބަށް ރީރަޖިސްޓްރީ ކުރުން މިރޭ ދިހަ އަކާއި ހަމައަށް

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީ ރަޖިސްޓްރީކުރުމުގެ މުއްދަތު މިރޭ 10:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ. ކުރިން އޮތީ އިންތިހާބަށް ރީރަޖިސްޓްރީ ކުރުމ...

02 Mar 2019 | 08:48

އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީ ރަޖިސްޓްރީކުރުމުގެ މުއްދަތު މިރޭ 10:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

ކުރިން އޮތީ އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިއަދު ހަވީރަށް ހަމަވާ ގޮތަށެވެ. މިހާތަނަށް ރީ ރަޖިސްޓްރީވުމަށް 8،500 ފޯމް އިލެކްޝަން ކޮމިޝަނަށް ހުށައަޅާފައިވާ ކަމަށް އެކޮމިޝަނުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހެވެ.

މި އިންތިހާބަށް ވޯޓާސް ލިސްޓް އިލެކްޝަން ކޮމިޝަނުން ނެރެފައިވަނީ ރިޔާސީ އިންތިހާބަށް ރީ ރަޖިސްޓާކުރި ގޮތަށެވެ. ރިޔާސީ އިންތިހާބަށް ރީ ރަޖިސްޓާކޮށްފައިވާނަމަ، މި އިންތިހާބަށް އަލުން ރީ ރަޖިސްޓާވާކަށް ނުޖެހެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް