އައިއޯސީގެ ކައުންސިލް ބައްދަލުވުމެއްގައި މިނިސްޓަރ ޝާހިދު ބައިވެރިވެވަޑައިގެންފި

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކަންޓްރީސް (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ 46 ވަަނަ ކައުންސިލު ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވަމުން އެބަ ގެންދަވަ އެވެ. ފ...

02 Mar 2019 | 08:02

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކަންޓްރީސް (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ 46 ވަަނަ ކައުންސިލު ބައްދަލުވުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވަމުން އެބަ ގެންދަވަ އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި އޯއައިސީގެ ބައްދަލުވުމަށް މިނިސްޓަރު ޝާހިދު ވަޑައިގަތުމުން އޭނާއަށް މަރުހަބާ ދެންނެވީ، ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ޑރ. ހުސައިން ނިޔާޒާއި ޔޫއޭއީގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުންނެވެ.

އަބޫދާބީގައި އިއްޔެ ފަށާފައިވާ އެވ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން މިނިސްޓަރު ޝާހިދު ވާހަކަފުޅު ދައްކަވާނެ އެވެ. އެގޮތުން ރާއްޖެއަށް ސިޔާސީ އަދި ޑިމޮކްރެޓިކް ގޮތުން ލިބިފައިވާ ކުރިއެރުންތަކާއި ބެހޭ މައުލޫމާތު މިނިސްޓަރު ޝާހިދު މެންބަރު ގައުމަތުކާ ހިއްސާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް