އަހަރެން ގެއިން ނިކުންނަނީ ކާށިތެޔޮ ލައިގެން: ވިދްޔާ ބާލަން

ބޮލީވުޑް ބަތޮލާ ވިދްޔާ ބާލަން އަބަދުވެސް ގެއިން ނިކުންނަނީ ކާށިތެޔޮ ލައިގެން ކަމުގައި އޭނާ ބުނެފި އެވެ. އޭނާ މިހެން ބުނެފައިވަނީ އިންޑިއާގެ ކުލަ ފެސްޓިވަލް ކަމުގައިވާ ހޯލީ އާއި ބެހޭގޮތުން ދީފައިވާ އިނ...

02 Mar 2018 | 18:13

ބޮލީވުޑް ބަތޮލާ ވިދްޔާ ބާލަން އަބަދުވެސް ގެއިން ނިކުންނަނީ ކާށިތެޔޮ ލައިގެން ކަމުގައި އޭނާ ބުނެފި އެވެ.

އޭނާ މިހެން ބުނެފައިވަނީ އިންޑިއާގެ ކުލަ ފެސްޓިވަލް ކަމުގައިވާ ހޯލީ އާއި ބެހޭގޮތުން ދީފައިވާ އިންޓަވިއުއެއްގައި އެވެ.

"އަހަރެން އަބަދުވެސް ގެއިން ނިކުންނަނީ ކާށިތެޔޮ އެކުވެލޭ ތެލަކުން ހަންގަނޑު މަސާޖު ކޮށްގެން އެހެންކަމުން ކުލަ އުނގުޅުނަށް ހަންގަނޑަށް ގެއްލުން ވާނެ ކަމަކަށް ނުބެލެވޭ" ވިދްޔާ ބުނެފައި ވެ އެވެ.

ވިދްޔާ ވަނީ އެ އިންޓަވިއުގައި އޭނާގެ އިސްތަށިގަނޑާއި ބެހޭގޮތުންވެސް ވާހަކަ ދައްކާފަ އެވެ.

އޭނާ ބުނެފައިވަނީ ބޭރަށސް ނިކުތުމުގެ ކުރިންވެސް އިސްތަށިގަނޑުގައި ތެޔޮލައި ފުނާ އަޅާ ކަމަށެވެ. ނަމަވެސް ބޮލުގައި ލަނީ ކޮންކަހަލަ ތެލެއްކަން ވިދްޔާ ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް