މިނިވަން ނޫސްވެރިކަމަށށް ޖާގަ ދިނުމަށް ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ގޮވާލައިފި އެވެ.
ޕީޕީއެމްއިން މިކަމަށް ގޮވާލާފައިވަނީ އިދިކޮޅު ފަރާތްތަކުން މިއަދު ކުރިއަށްގެންދިޔަ މުޒާހަރާ ކަވަރު ކުރުމަށްދިޔަ ޗެނަލް 13 ގެ ނޫސްވެރިޔާ ލަޔާލް މަނިކަށް ފުރައްސާރަކޮށްފައިވާތީ އެކަމާއި ގުޅިގެން ޕީޕީއެމް އިން ނެރެފައިވާ ނޫސްބަޔާނެއްގައި އެވެ.
"އިދިކޮޅު ފަރާތްތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ވެރިރަށް މާލޭގެ މަގުތަކަށް ނުކުމެ ރައްޔިތުންނަށް އުނދަގޫވާފަދަ އަމަލުތައް ހިންގަމުން ގެންދިއުމާއި، ހާއްސަގޮތެއްގައި މިނިވަން ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެލައްވާ ފަރާތްތަކަށް ކުރަމުން ގެންދާ ފުރައްސާރަތައް ވަގުތުން ވަގުތަށް ހުއްޓާލާ މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށް މި ފުރުސަތުގައި މި ޕާޓީގެ ފަރާތުން ގޮވާލަމެވެ." ޕީޕީއެމްގެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކޮންމެ ގައުމެއްގައިވެސް އެގައުމެއްގެ ހާލަތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި މިނިވަން ނޫސްވެރިކަމުގެ ދާއިރާ މުހިންމު ދައުރެއް އަދާކުރެއެވެ. އެ ދާއިރާއަކީ އަބަދުވެސް މިނިވަންކަމާއެކު ހަރަކާތްތެރިވެވޭނަ ބަޔަކަށްވުމަށް ހުރިހާ ފަރާތްތަކުންވެސް ފުރުސަތު ދޭންޖެހޭ ކަމަށެވެ.
ޕީޕީއެމްއިން ބުނެފައިވަނީ އެއްވެ އުޅުން މަނާ ސަރަހައްދެއްގައި މިހަދު 2018 މާރިޗު 02 ވީ ހުކުރު ދުވަހު، އިދިކޮޅު ފަރާތްތަކަށް ތާއީދުކުރާ މަދުބަޔަކު ނުކުމެ ކުރަމުން ގެންދިޔަ މުޒާހަރާއެއްކަމަށް ބުނާ އެއްވުމެއްގެ ތެރެއިން، ރައްޔިތުންނާއި ހަމައަށަށް ތެދު މައުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި ޗެނަލް 13ގެ ނޫސްވެރިޔާ އާމިނަތު ލަޔާލް މަނިކު މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، އެ އެއްވުމުގެތެރޭގައި ހިމެނޭ ބަޔަކު ވަރަށް ހުތުރު އަދި ބޭއަދަބީ ބަސްތަކުން މުހާތަބުކޮށް ލަޔާލަށށް ފުރައްސާރަކޮށް ހިންގާފައިވާ ހަޑިހުތުރު އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް