މުޒާހަރާގެ ތެރޭން އެންމެންގެ ނަޒަރު ހާއްސަ އެހީއަށް ބޭނުންވާ މި މީހާއަށް !

ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅުން މަޖީދީ މަގަށް ނިކުމެފައިވާއިރު މިއަދު މުޒާހަރާގައި ގިނަ ބައެއްގެ ނަޒަރު ، ފޮޓޯގައި އެވާ ހާއްސަ އެހީއަށް ބޭނުންވާ...

02 Mar 2018 | 12:50

ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅުން މަޖީދީ މަގަށް ނިކުމެފައިވާއިރު މިއަދު މުޒާހަރާގައި ގިނަ ބައެއްގެ ނަޒަރު ، ފޮޓޯގައި އެވާ ހާއްސަ އެހީއަށް ބޭނުންވާ މީހާއަށް ހުއްޓިއްޖެ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާއަކީ އެއް ފައި ނެތް، އަސާގެ އެހީގައި އުޅެމުން އަންނަ މީހެކެވެ. އޭނާގެ އިންޓަވިއުއެއްވެސް މުޒާހަރާ ފެށިގެން ދިޔައިރު ރާއްޖެ ޓީވީން ގެނެސްދީފައި ވެ އެވެ.

"ގޭގެ އޮންނަން ކެތް ނުކުރެވިގެން މަގުމައްޗަށް މި ނުކުތީ" މުޒާހަރާގައި ބައިވެރިވަމުން އަންނަ މި މީހާ މުޒާހަރާގެ ތެރޭން ރާއްޖެ ޓީވީއަށް އިންޓަވިއު ދެމުން ބުނެފައި ވެ އެވެ.

މުޒާހަރާގެ ބައިވެރިން ފަހަތައް ޖެއްސުމުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު ފުލުހުން އެއްވެސް ވަރަކަށް މި މީހާ ދުރަށް ޖެއްސުމަށް މަސައްކަތްކުރާ މަންޒަރު ފެނިފައެއް ނުވެ އެވެ.

މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަމުން އަންނައިރު އެއް އަތުން ދިވެހި ދިހަ ހިފައިގެން، އަތުގައި ހުދާއި ފެއްސާއި ރަތުގެ ރިބަން އައްސައިގެން މި މީހާ އަންނަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށާއި ރައީސް ޔާމީން އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް