އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ އިތުރު ދެ މެމްބަރަކު ހައްޔަރު ކޮށްފި އެވެ.
ހައްޔަރުކޮށްފައިވަނީ މެމްބަރު އަބްދުﷲ ރިޔާޒް އާއި މެމްބަރު އަބްދުﷲ ޝާހިދު އެވެ. މި ދެ މެމްބަރުން ހައްޔަރު ކޮށްފައިވާއިރު އެމްޕީ އަބްދުލް ލަތީފުވެސް މީގެ ކުރިން ވަނީ ހައްޔަރު ކޮށްފަ އެވެ.
މިހާތަނަށް މަޖިލީހަށް ނިސްބަތްވާ ތިން މެމްބަރަކު ހައްޔަރު ކޮށްފައިވާއިރު މުޒާހަރާގެ ބައެއް ބައިވެރިންވެސް ހައްޔަރު ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި އެމްޑީޕީ ޒުވާނުންގެ ގޮފީގެ ރައީސް މީކާއިލް ނަސީމްވެސް ހައްޔަރު ކޮށްފައި ވެ އެވެ.
މި މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާ މީހުންގެ އަދަދު އަދި ކަށަވަރު ނުކުރެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް