މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނިކުމެއްޖެ

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު އިއްތިހާދުން ކުރިއަށްގެންދާ "ބޮޑު މުޒާހަރާ" ގައި މަޖީދީ މަގުގެ އެކި ސަރަހައްދުތަކަށް މުޒާހަރާގެ ބައިވެރިން ނ...

02 Mar 2018 | 11:57

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު އިއްތިހާދުން ކުރިއަށްގެންދާ "ބޮޑު މުޒާހަރާ" ގައި މަޖީދީ މަގުގެ އެކި ސަރަހައްދުތަކަށް މުޒާހަރާގެ ބައިވެރިން ނިކުމެއްޖެ އެވެ.

އިދިކޮޅުން މި މުޒާހަރާ ރާވާފައި އޮތީ ހަވީރު 04:15 އިން މަޖީދީ މަގުގެ އެކި ސަރަހައްދުތަކަށް ނިކުތުމަށެވެ.

އެގޮތުން އެކި ސަރަހައްދުތަކަށް މުޒާހަރާގެ ބައިވެރިން ނިކުމެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް އަންނަނީ މުޒާހަރާގެ ބައިވެރިންނާއެކީގައި އިހްތިޖާޖުގައި ބައިވެރިވަމުންނެވެ.

މުޒާހަރާ ކުރިއަށްދާއިރު، މުޒާހަރާ ފެށުމުގެ ކުރިން ފުލުހުން ވަނީ މަޖީދީ މަގަށް ހަތަރު ފުރޮޅުލީ ވެހިކަލްތައް ނުވަދެވޭނެ ގޮތަށް ބަންދު ކޮށްފަ އެވެ. ނަމަވެސް މިހާރު ފުލުހުން އަންނަނީ މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް