ބޮލީވުޑްގެ މަޝްހޫރު ޖޯޑެއްކަމުގައިވާ އަބީޝޭކް އާއި އައިޝްވާރިޔާގެ ސަޕޯޓަރުންނަށް މިއޮތީ އުފާވެރި ޚަބަރެކެވެ. މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިދެތަރިން އަންނަނީ 8 އަހަރަށްފަހު ދެމީހުން އެއްކޮށް ފިލްމެއް ކުޅެން ތައްޔާރުވަމުންނެވެ.
މިފިލްމާ ގުޅޭ މާގިނަ މަޢުލޫމާތުތަކެއް އަދި މީޑިޔާއާ ހަމައަށް އައިސްފައިނުވިނަމަވެސް ރިޕޯޓްތައް ބުނާގޮތުން މިފިލްމަކީ ޕޮލިސް އޮފިސަރަކާއި އޭނާގެ އަންހެނުންގެ މައްޗަށް އުފައްދާ ފިލްމެކެވެ. ރިޕޯޓްތައް ބުނާގޮތުން މިފިލްމަށް އާނއެކޭ ބުނުމުގެ ކުރިން އައިޝްވާރިޔާ ވަނީ ސްކްރިޕްޓަށް ބަދަލުތަކެއް ގެނުވާފައެވެ.
އައިޝްވާރިޔާ އާއި އަބީޝޭކް މިހާތަނަށް 8 ފިލްމަކުން އެއްކޮށް ބެލުންތެރިންނަށް ފެނިގެންގޮސްފައިވާއިރު އެންމެ ފަހުން މިދެތަރިން އެއްކޮށް ހަރަކާތްތެރިވި ފިލްމެއް ފެނިފައިވަނީ 2010 ވަނަ އަހަރުއެވެ. އެއީ އެއަހަރު ނިކުތް ފިލްމު ރާވަން އިންނެވެ. މިދެތަރިން އެއްކޮށް ކުޅެފައިވާ ފިލްމުތަކުގެ ތެރެއިން ދޫމް2 އަދި ސަރްކާރް ރާޖް ފިޔަވާ ދެން ހުރި ފިލްމުތަކަކީ މާބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާ ފިލްމުތަކެއް ނޫނެވެ. ނަމަވެސް ފިލްމުތަކުގައި ދެމީހުން ދައްކުވައިދީފައިވާ ކެމިސްޓްރީ އާއި އެފިލްމުތަކުގެ ލަވަތަކަކީ ބެލުންތެރިންގެ ހިތްތަކުން ޖާގަހޯދާފައިވާ ކަންކަމެވެ. ކޮންމެ އަކަސް 8 އަހަރު ފަހުންނަމަވެސް މިދެތަރިން އެއްކޮށް ކުޅޭ ފިލްމެއް ބަލާލުމަށް ލިބިގެންދިޔުމަކީ ފޭނުންނަށް އުފާވެރި ކަމެއް ގެނުވާނެކަމެއްކަން ޔަޤީނެވެ.
އަބީޝޭކް އާއި އައިޝްވާރިޔާ ކައިވެނިކޮށްފައިވަނީ 2007 ވަނަ އަހަރުއެވެ. މިދެތަރިންނަށް އަރާދްޔާ ލިބިފައިވަނީ 2011 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް