ދިވެހި ދިދަ ބޭނުންކޮށްގެން ބޭރުގެ އުޅަނދަކުން ހިންގިކަމަށް ބުނާ ޤާނޫނާ ޙިލާފު ޢަމަލުގެ މައްސަލައިގާ ޖަޕާނުން ކުރިއަށްގެންދާ ތަހުގީގަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ސަރުކާރުން އަރުވައިފި އެވެ.
ދައުލަތުގެ މީޑިއާ، ޕީއެސްއެމްގައިވާގޮތުގައި މި ޔަގީންކަން ދިވެހި ސަރުކާރުން ޖަޕާނު ސަރުކާރަށް އަރުވާފައިވަނީ ބޭރުގެ ކަނޑު އުޅަނދަކުން ދިވެހި ދިދަ ބޭނުންކުރި މައްސަލައާ ގުޅޭގޮތުން މަޝްވަރާކުރެއްވީ، ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަހުމަދު ޚަލީލްއާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަޒޫމީ އެންދޯ މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
"ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ބޯޓުގެ މައްސަލައި ގައި ޖަޕާނުން ކުރިއަށްގެންދާ ތަހްޤީޤަށް ރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ސަރުކާރުގެ ފަރާތުން، ޖަޕާނުގެ ސަފީރަށް ދެއްވިއެވެ." ޕީއެސްއެމްގައި ބުނެފައި ވެ އެވެ.
ރާއްޖެއިން ޖަޕާނަށް މި ޔަގީންކަން ދީފައިވާއިރު އެ ބޯޓަކީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ބޯޓެއް ނޫން ކަމަށާއި އެ ބޯޓުގެ އެމްއެމްއެސްއައި ނަމްބަރަކީވެސް ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ނަމްބެއް ނޫންކަމުގައި ސަރުކާރުން ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް