އުތުރުގެ އަތޮޅެއްގެ ރަށެއްގައި ފިހާރައެއްގެ ސޭޓަކަށް އިން އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހަޅާފައިވަނީ ނ، ރ، ބ އަދި ޅ. އަތޮޅު ހިމެނޭ ނޯތް ޕޮލިސް ޑިވިޝަން އަށް ކަމަށެވެ. މި ހާދިސާގައި ޖިންސީ ގޯނާ ކޮށްފައިވަނީ16 އަހަރުގެ އަންހެން ކުއްޖަކަށެވެ.
އޭނާއަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މިއަދު ހައްޔަރު ކުރީ އުމުރުން60 އަހަރުގެ ފިރިހެނެކެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ކަމަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް