ނުރައްކާތެރި ކޮރޮނާ ވައިރަސް އާއި ގުޅިގެން ގިނަ ގައުމުތަކަކުން ރައްކާތެރިވުމުގެ ގޮތުން އެ ގައުމުތަކަށް އެތެރެވުމުގައި އަމަލު ކުރަމުންދާ އުސޫލުތަކަށް ބަދަލު ގެނެސްފައިވާތީ ބައެއް ގައުމުތަކުގައި ތިބި އާއިލާ އާއި ރަހުމަތްތެރިންނަށް ގުޅުމަށް އުރީދޫއިން ކޯލް ރޭޓު އަގުހެޔޮ ކޮށްފި އެވެ.
އަގު ހެޔޮކޮށްފައިވަނީ ޗައިނާ، މެލޭޝިއާ، ތައިލެންޑު އަދި ސިންގަޕޫރަށް ކުރާ ކޯލްތަކުގެ އެވެ. އެގޮތުން އެ ގައުމުތަކަށް ކުރާ ކޯލްތަކަށް ނަގާނީީ މިނެޓަކަށް އެއް ރުފިޔާ50 ލާރި ކަމަށް އުރީދޫއިން ބުނެ އެވެ.
މި އަގުގައި އެ ގައުމުތަކަށް ގުޅޭނީ މިމަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ ކުންފުނިން މިއަދު ބުނީ މިހިތާމަވެރި ދަނޑިވަޅުގައި ތަފާތު އެކި ގޮތްގޮތުން ހާދިސާ އާއި ގުޅިފައިވާ އާއިލާތަކާއި އެކު އެ ކުންފުނި ވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް