ހިޝާންއަށް މިކުރަނީ ރަނގަޅު ތުހުމަތެއްބާ؟ އޭނާއާ ދެކޮޅަށް މައްސަލައެއް ދަނީ ބަލަމުން!

ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދުު އިޝާން އާއި ގުޅޭގޮތުން ސީރިއަސް ތުހުމަތުތަކެއް ކުރަން ފަށައިފި އެވެ. ކުއްލިއަކަށް އޭނާގެ މި މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަން ފަށާފައި މިވަނީ ހިޝާންއ...

02 Feb 2020 | 13:01

ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދުު އިޝާން އާއި ގުޅޭގޮތުން ސީރިއަސް ތުހުމަތުތަކެއް ކުރަން ފަށައިފި އެވެ.

ކުއްލިއަކަށް އޭނާގެ މި މައްސަލަތަކާއި ގުޅޭގޮތުން ވާހަކަ ދައްކަން ފަށާފައި މިވަނީ ހިޝާންއަށް މަގުމަތިން ބަޔަކު އިންޒާރުދީ ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވުމުންނެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅި ކަމަށާއި އެކަމަކު ފުލުހުންގެ ފަރާތުން އެއްބާރުލުން ނުލިބޭތީ އަމިއްލައަށް ރައްކާތެރިކަން އިހުސާސް ނުކުރެވޭތީ ގައުމު ދޫކޮށް ދާން ނިންމާފައިވާ ކަމަށް ހިޝާން ކުރި ޓުވީޓެއްގައި ބުނެފައިވެ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރަން ހިޝާންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށާއި އެ ގެއަށް ދިއުމުންވެސް އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. އަދި އޭނާއަށް ބިރު ދެއްކި މީހުން ދެނެގަންނަން އެކަން ހިނގި މަގު ނުވަތަ ސަރަހައްދު ބުނެދީފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ފަހުން އޭނާ ފުލުހުންނަށް އެއްބާރުލުންދީ ބަޔާން ދިނުމަށް ހާޒިރުވެ ކުއްލިއަކަށް ވަނީ ރާއްޖޭން ބޭރަށް ފުރަން މަސައްކަތް ކޮށްފައި އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ސްރީލަންކާއަށް ދިއުމަށް ފްލައިޓުގައި އިންދަ އެވެ.

އެހިސާބުން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ހިޝާންގެ އަސްލު ހަގީގަތްކަމަށް ބުނެ އޭނާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައި އެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ހިޝާން ފުރާވަރު ފިރިހެން ކުދިންނަށް ޖިންސީ ގޯނާ ކުރާ ކަމުގެ ތުހުމަތުކޮށްފަ އެވެ. އަނެއް ބަޔަކު ބުނާގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް އޭނާ ޖިންސީގޯނާ ކުރެ އެވެ.

އެކަމަކު އޭނާގެ ދިފާއުގައި ވާހަކަދައްކާ މީހުން ބުނަނީ ހިޝާން އަކީ އެފަދަ ތުހުމަތެއް ކުރާ ވަރަށްވުރެ މާތް ހިދުމަތްތަކެއް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޮށްދެމުންދާ މީހެއް ކަމަށެވެ. އަދި އެފަދަ ތުހުމަތުތައް ހިޝާންގެ މައްޗަށް ކުރަނީ އޭނާގެ އަބުރު ކަތިލުމަށް ކަމަށެވެ

މި ތުހުމަތުތަކާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާއިން ވަނީ ހިޝާން އާއި ދެކޮޅަށް މައްސަލައެއް ހުށަހެޅިފައިވާކަން ޔަގީންކޮށްދީފަ އެވެ. އެކަމަކު ބުނީ މިއީ މައްސަލައިގެ ކުރީކޮޅު ކަމަށާއި އެހެންވެ ފަހުން ތަފްސީލް ހާމަ ކުރާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އޭނާއާ ދެކޮޅަށް ހުށަހަޅައިގެން އުޅެނީ ސޯޝަލް މީޑިއާގައި ވާހަކަދެކެވެމުންދާ މައްސަލައެއްކަމަށްވެ އެވެ. އޭނާއަށް މަގުމަތިން ބަޔަކު އިންޒާރު ދިންކަމަށްވެސްް ވަނީ އެކަމާ ގުޅިގެންނެވެ.

ހިޝާންއަށް ވަނީ މުޖުތަމައުއަށް އެހީތެރިވުމުގެ ދާއިރާ އިން ގައުމީ އިނާމު ލިބިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް