ކާފައާ މުނިކާފަގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގަ ހައްޔަރުކޮށްފައި ތިބި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ. ފުލުހުން ބުނީ 62 އަހަރުގެ ކާ...

02 Feb 2020 | 10:11

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގަ ހައްޔަރުކޮށްފައި ތިބި އެ ކުއްޖާގެ ކާފަ އާއި މުނިކާފަގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

ފުލުހުން ބުނީ 62 އަހަރުގެ ކާފަ އާއި 81 އަހަރުގެ މުނިކާފަގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް އިތުރުކޮށްފައިވާ ކަމަށެވެ. ކާފަ އާއި މުނިކާފަ ހައްޔަރުކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެ ރަށުންނެވެ.

މި މައްސަލައިގަ ފުލުހުން އެ ކުއްޖާގެ ބައްޕަވެސް ހައްޔަރު ކުރި އެވެ. އެ ތިން މީހުންގެ ބަންދަށް ކުރިން15 ދުވަސް ކޯޓުން ޖަހައިދިން އިރު ކުއްޖާގެ ބައްޕައަށް ޖެހި މުއްދަތު ހަމަވާނީ މިއަދަށެވެ. އެހެންވެ އޭނާގެ މުއްދަތު އިތުރު ކުރުމަށް މިއަދު ކޯޓަށް ގެންދާނެ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގަ ކާފަ އާއި މުނިކާފަގެ މައްޗަށް ކުރަނީ އެ ކުއްޖާ ރޭޕް ކުރުމުގެ ތުހުމަތެވެ. ބައްޕަގެ މައްޗަށް ކުރަނީ ކުއްޖާ މަންމަގެ އާއިލާ އާއި ހަވާލު ކުރުމަށް ދެކޮޅު ހެދި ކަމުގެ ތުހުމަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް